އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤްރްއާން ޖަހާނަމަ މާނައާއިއެކު ޖެހުމުގެ ފައިދާ މާބޮޑު!

ކީރިތި ޤްރްއާން ޖަހާނަމަ މާނައާއިއެކު ޖެހުމުގެ ފައިދާ މާބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ކާރުތަކުގައާއި ގެދޮރުގައި މިޔުޒިކް ޖަހާ ފަދައިން ޤްރައާން ޖަހާ ބައަކު އެބައުޅެއެވެ. ބަލަންވީ އެކަމުން ޙާޞިލު ކުރެވޭ ނަތީޖާއަށެވެ. ލިބިގަނެވެނީ ކޮން ކަމެއްތޯއެވެ. އެއްވެސް ފައިދާއެއް ނުކުރާ ގޮތުގައި އެކަން ކުރެވޭނަމަ އެއީ މައްސަލައެކެވެ.

 

އަހަރެމެންނަށް އޮތީ ކީރިތި ޤްރްއާން ކިޔެވުމެވެ. އަޑުއެހުމަކީވެސް އަޅުކަމެކެވެ. ސުވާލަކީ އަޑު އެހޭ ހެއްޔެވެ؟ އިވޭ އަޑަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ އަޑުއިވުމުން ހިތަށް އެއްވެސް އިޙްޞާޞެއް ކުރޭ ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ނުވާނަމަ މިކުރެވެނީ ކީއްހެއްޔެވެ؟

 

މިސާލަކަށް ގޭގެ ސިޓިންގ ރޫމްގައި ހުންނަ ޓީވީ، ކީރިތި ޤްރައާން ފޮނުވާ ޗެނެލަކަށް އެޅުވީމާ އަޑު އިވެއެވެ. ނަމަވެސް އެއަޑަށް ސަމާލުކަން ނުދޭނަމަ އެކަން ކުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އާޔަތްތައް ކިޔަވަމުންދާއިރު މާނަ ޓީވީ ސްކްރީނަށް ލިޔުމުން އެރި ނަމަވެސް މާނަ ކިޔަން ސަމާލުކަން ނުދޭނަމަ އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟

 

އަހަރެންގެ އިޚްލާޞްތެރި ނަޞޭޙަތަކީ ވަސީލަތްތައް ބޭނުންކޮށްގެން ކީރިތި ޤްރްއާނުގެ އަޑުއަހާނަމަ މާނައާއިއެކު އަޑުއެހުމެވެ. އެއިރުން މާނަ ހިތަށް ވަންނާނެއެވެ. މިސާލަކަށް ގިނަ ގޭގޭގައި މިހާރު ބަދިގެ މިހުންނަނީ ސިޓިން ރޫމްގައެވެ. މާނަ އާއިއެކު ކީރިތި ޤްރްއާން ޖަހާނަމަ ބަދިގޭގައި މަސައްކަތް ކުރަން ހުރި ނަމަވެސް ދާނީ އަޑު އިވެމުންނެވެ. ހިތަށް އިޙްޞާޞްތަކެއް ކުރެވެމުންދާނެއެވެ. ކަންތައްތަކެއް އެނގި ދަސްވަމުންދާނެއެވެ. ވީމާ އެގޮތަށް އެކަން ކުރުމަށް ނަޞޭޙަތްތެރިވަމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް