އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 ރަށެއްހެ ގޮޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާއި ޙަވާލުކޮށްފި

5 ރަށެއްހެ ގޮޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާއި ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 5 ރަށެއްހެ 5 މަޝްރޫޢުއެއް ސަރުކާރުން މިއަދު އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.

މިމަޝްރޫޢުތައް ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ. އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދެވެ.

ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކުރި ފަސް މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 

1 .މ. މުލަށް ގޮނޑުދޮށް ހިމާ ޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢުއަކީ 17.66 މިލއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 411.90 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު އަކީ 105 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

2 .ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢުއަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ 105 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މިވަގުތު ކުރިއަށްދާ މި މަޝްރޫޢުގެ އީ.އައި.އޭގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

3 .ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢުއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

4 .ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ 150 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

5 .ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢުއަކީ 11.68 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުއަކީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދާއިރާތައް ތަމްޞީލް ކުރައްވާ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު