އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުތަކުރުފާނުގެ ޖިހާދު އޮޅުވާނުލާ - ކަނޑުފޭރޭ މީހުންނަކީ ޤައުމުތަކުގެ ދީން ބަދަލުކުރަން އުޅޭ ބައެއް ނޫން: ޢުމަރު ނަޞީރު

ބޮޑުތަކުރުފާނުގެ ޖިހާދު އޮޅުވާނުލާ - ކަނޑުފޭރޭ މީހުންނަކީ ޤައުމުތަކުގެ ދީން ބަދަލުކުރަން އުޅޭ ބައެއް ނޫން: ޢުމަރު ނަޞީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

ކަނޑުފޭރޭ މީހުންނަކީ ޤައުމުތަކުގެ ދީން ބަދަލުކުރަން އުޅޭ ބައެއް ނޫން ކަމަށާއި ޕޯޗްގީޒުން ރާއްޖެ ހިފައިގެންތިބިއިރު ދިވެހިންގެ ދީން ބަދަލުކުރުވަން ކެނޑިނޭޅި މަސައްކަތްކޮށްފައި އޮތުމުން ރާއްޖެ ހިފައިގެން ތިބީ ޕޯޗްގީޒުގެ ސަރުކާރުންކަން ހާމަވާކަމަށް ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

 

ޢުމަރު ނަޞީރު މިރޭ ވިދާޅުވީ ރާއްޖެ ހިފައި މާލޭގައި ބަނޑަހަ ޖަހައިގެން ތިބީ ޕޯޗްގީޒް ނޭވީކަން ޕިރާޑްގެ ލިޔުންތަކުންވެސް ވަރަށް ސާފު ކަމަށެވެ. އެމީހުން ބޭނުންކުރީ އެއިރު ޕޯޗްގީޒް ނޭވީން ބޭނުންކުރި ޔުނިފޯމްކަން ވެސް ޕިރާޑް ހާމަކުރައްވާފައިވާ ކަމަށެވެ.

 

ޢުމަރު ނަޞީރު ވިދާޅުވީ އަނދިރި އަނދިރިން މަރާލައި ނޭވީންގެ ލަޝްކަރު އެހައި ފަސޭހައިން ބަލިކޮށްލެވުނީ ބޮޑުތަކުރުފާނު ދެއްވި ހަމަލާގެ ފުރިހަމަކަމުން ކަމަށެވެ. "ބޮޑުތަކުރުފާނު ބޭނުންފުޅު ކުރައްފައިވަނީ މިލިޓަރީ އުކުޅުތަކުގެ ތެރެއިން އެންމެ ކާމިޔާބު އުކުޅުތައް. އެއްވެސް މަޑުޖެހުމެއްނެތި ބާރު ސްޕީޑްގައި ހަމަލާތައް ދެއްވުމާއި، ހަމަލާތަކުގެ ވަރުގަދަކަމާއި އަދި ވަރަށް ސިއްރިޔާތުގައި ކުއްލި ގޮތަކަށް ހަމަލާ ދެއްވުން މިއީ މިބާވަތުގެ ހަމަލާ ދިނުމުގައި މިލިޓަރީ ގޮތުން އެންމެ ކާމިޔާބު އުކުޅުތައް."

 

ޢުމަރު ނަޞީރު ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން މިކަންކަން ރަނގަޅަށް ދިރާސާ ނުކުރައްވައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރެއްވީ ޕޯޗްގީޒު ދައުލަތުގެ ކިބައިން ނޫންކަން ހާމަވާ ގޮތަށް ވާހަކަފުޅު ދެއްކުވުމުން ބޮޑުތަކުރުފާނު ކުރެއްވެވި ޖިހާދުގެ ދަރަޖަ ތިރިވެގެންދާ ކަމަށެވެ. "އެހެން އެކަން ވުމަކީ ބޮޑުތަކުރުފާނު ކުރެއްވެވި މަތިވެރި ޖިހާދަށް ވެވޭ ވަރަށް ބޮޑު ބޭއިންޞާފެއް ކަމަށް އަޅުގަނޑު ދެކެނީ. މިހަޤީޤަތައް އޮޅުވައިލުމަކީ ހަމަ އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫން."

 

ޢުމަރު ނަޞީރުގެ ވާހަކަފުޅަށް ބާރު ލިބޭ އިތުރު ސަބަބުތައްވެސް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެއީ އިސްލާމް ދީން ދޫކޮށް މުރުތައްދުވި ހަސަން ރަސްގެފާނު ގޯވާގައި ހުރެ ފޮނުވި ލަޝްކަރެއްގެ މީހުން ގެނައި މުރުތައްދު ޙަސަނުގެ ސިޓީއެވެ. އެސިޓީގައި ވަނީ ދިވެހި ދައުލަތުގެ ބޮޑުން އިސްލާމް ދީން ދޫކުރުމަށެވެ.

 

އިސްލާމް ދީން ދޫކުރަން ފޮނުވާ ސިޓީ ހިފައިގެން ކަނޑުފޭރޭ މީހުން ޤައުމުތަކަށް ދިއަކަން އެއްވެސް ޤައުމެއްގެ ތާރީޚުން ފެންނާކަށް ނެތެވެ. ހަމައެއާއެކު އެދުވަސްވަރަކީ ޔޫރަޕުގެ ބާރުގަދަ ޤައުމުތަކުން އިސްލާމް ދީން ނައްތައިލަން ގަދައަޅައި ހަނގުރާމަތައް ކުރަމުން ދިއަ ދުވަސްވަރެކެވެ.

 

މިކަމަށް އިޝާރާތް ކުރައްވައި ޢުމަރު ނަޞީރު ވިދާޅުވީ ކަނޑުގެ ބާޒުތަކެއް ފަދައިން ޕޯޗްގީޒު ސިފައިން ކަނޑުތަކުގައި އެއިރު ޙަރަކާތްތެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށްވެފައި އޮތީ އިސްލާމް ދީން ނައްތަލުން ކަމަށެވެ.

 

ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ދިވެހިންގެ ކަރަށް ގަދަކަމުން ނަމަވެސް ރާ އަޅަން ޕޯޗްގީޒުން ނިންމާފައި އޮތް ދުވަހެވެ. ބޮޑުތަކުރުފާނާއި "ލަޝްކަރު" މާލެވަޑައިގެން އަނދިރި އަނދިރިން މަރާލައި ޕޯޗްގީޒް ލަޝްކަރު އެރޭ ބަލި ނުކުރެއްވުނު ނަމަ އަނެއް ދުވަހަކީ ރައްޔިތުންގެ ކަރަށް ބަނގުރާ އަޅާނެ ދުވަހެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް