އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވާން ފަށާފައިވަނިކޮށް ގައިދުރުކޮށް ނަމާދުކުރުމުގެ އަމުރު ބާޠިލްކޮށްފި

ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވާން ފަށާފައިވަނިކޮށް ގައިދުރުކޮށް ނަމާދުކުރުމުގެ އަމުރު ބާޠިލްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

މާލެ ސަރަހައްދުގައި ގައިދުރުކޮށް ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނެރުނު އަމުރު އިސްލާމިކް މިނިސްޓްރީން ބާޠިލުކޮށްފިއެވެ. އެމިނިސްޓްރީން ބުނެފައިވަނީ މިރޭގެ މަޣްރިބް ނަމާދުން ފެށިގެން އެއަމުރަށް ޢަމަލުކުރުން ހުއްޓާލާފައިވާ ކަމަށެވެ. 

މިރޭގެ މަޣްރިބް ނަމާދުން ފެށިގެން "ގައިދުރުކަމާ ނުލާ ޖަމާޢަތުގެ ނަމާދު ކުރިއަށް ގެންދެވޭނެ" ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. 

ގިނަ ބައަކު ފާހަގަކުރާ ބައެއް ކަންކަން: 

1- މިއަމުރު ނެރުނީ ރާއްޖޭގައި ތިއްބެވި ދަންނަބޭކަލުންގެ އިޖުމާޢު އާއި ނުލައިކަން

2- ގައިދުރުކުރަން ފަތުވާދިނުމުގައި އިސްކޮށްތިބީ އެއްވެސް އިރެއްގައި ޖަމާޢަތުގައި ނަމާދުކުރަން ލޯބިކުރި، ޓީވީން ލައިވް ނުކުރާނަމަ ޖަމާޢަތުގަ ނަމާދުކުރާ ޢިލްމުވެރިން ނޫންކަން

3- ގައިދުރުކޮށް ނަމާދުކުރުން ނިމުމަކަށް ގެނެސްފައި މިވަނީ ރާއްޖޭގެ ކޮރޯނާގެ ތާރީޚުގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވާން ފަށައި 250، 300 އިން ޕޮޒިޓިވްވަމުން ދަނިކޮށްކަން

4- ޖަމާއަތުގަ ޖަމާދުކުރަން ލޯބިކުރައްވާ ޢިލްމުވެރިން ގައިދުރުކޮށް ރާއްޖޭގައި ނަމާދުކުރުން ފާހަގަކުރައްވަނީ 2020 ގެ ބިދުޢަގެ ގޮތުގަކަން

5- މީސްތަކުންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަން ފިލައި ސުންނަތާއި އެއްގޮތަށް ސަފުހަދަން ބިރުގަތުން ފިލުވައިލެވޭނީ ޢިލްމުވެރިން ވަރަށް ބުރަ މަސައްކަތްކޮށްގެންކަން

ކުރިން ބުނަމުން އައީ ގައިދުރުކޮށް ނަމާދުކުރުން ނިމުމަކަށް ގެނެވޭނީ ޙާލަތު ބަދަލުވުމުން ކަމަށެވެ. ނަމަވެސް ބަދަލު ގެނެސްފައި މިވަނީ އަމުރު ނެރުނުއިރަށްވުރެ އެތައް ގުނައަކަށް އިތުރަށް ޕޮޒިޓިވްވަމުން ދަނިކޮށްކަން ފާހަގަކުރެވެއެވެ. ވީމާ ޙާލަތަށް އައިސްފައިވާ ބަދަލަކީ ޕޮޒިޓިވްވާ މީހުން ގިނަވުންކަން ވެސް މިވަނީ ފާހަގަކުރެވިފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް