އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދަމުންދާ ޕްރޮމޯޝަން 14 އެޕްރީލް 2021ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓްވެސް ލިބިގެންދެއެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ. 

"އަޅުގަމިކަމާގުޅިގެން ދިރާގު މެނޭޖަރ ކޮންސިއުމަރ ޕޯސްޓްޕެއިޑް އަދި އެފް.ބީ.ބީ ޖަނާ އިބްރާހިމް ވިދާޅުވީ އަނޑުމެން ކުރިއަށް މި ގެންދާ ޕޮރޮމޯޝަން އަށް  ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން  އަޅުގަނޑުމެން ބޭނުންވީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދޭން" ކަމަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން އަބަދުވެސް ބުނެފައިވަނީ މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ފާގަތިކަން ހޯދައިދިނުމަށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް