އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ހުޅުވާލާފައިވާ ހިތަކުން މިމަންޒަރު ބަލައިފިނަމަ އުފަލުން ނުރޮވޭނެ މައަކުވެސް ބަފައަކުވެސް ހަމައެކަކުވެސް ނުހުންނާނެ! އިން ޝާ ﷲ

ޙަޤީޤީ ޙާދިސާ: ހުޅުވާލާފައިވާ ހިތަކުން މިމަންޒަރު ބަލައިފިނަމަ އުފަލުން ނުރޮވޭނެ މައަކުވެސް ބަފައަކުވެސް ހަމައެކަކުވެސް ނުހުންނާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އެއީ ރަށުގައި މާތަނަވަސް ދެމަފިރިންނެއްވެސް ނޫނެވެ. މާމޮޅަށް ކިޔަވައިގެން ތިބި ދެމަފިރިންނެއްވެސް ނޫނެވެ. އަދި މާމަޝްހޫރު ދެމަފިރިންނެއްވެސް ނޫނެވެ. ނަމަވެސް އެދެމަފިރިން މިހާރުވެސް ވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގައި ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައެވެ. 

އަނބިމީހާއަކީ ދަރިން ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމުގައި ނަމޫނާ އަންހެނެކަވެ. ބައްޕައަކީ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކިރިޔާވެސް ވަގުތެއްވާނަމަ ދަރިން ގޮވައިގެން މިސްކިތުގެ ޖަމާއަތަށް ނަމާދަށްދާ މީހެކެވެ. 

މިކަމުގެ ނަތީޖާއިން އެންމެންނަށް ފެންނާނެ ކުޑަކުޑަކަމެއް ފާހަގަކޮށްލާނަމެވެ. 

ރަށުގެ މިސްކިތުގައި ބައެއް ފަހަރު ބަންގިގޮވަނީ 14 ވަރަކަށް އަހަރުގެ ދަރިފުޅެވެ. އެކުއްޖާގެ އަޑުމަޚްރަޖް ރީތިކަމުން ބަންގިގޮވަން ފުރުޞަތުދެނީއެވެ. އެހެންވެ މައުމޫމްވެ ނަމާދުކުރުމުގެ ފުރުޞަތު އެކުއްޖާއަށް ދެއެވެ. އެއިރު ކުއްޖާ އާއި ޖެހިގެން ނަމާދަށް ހުންނަނީ ކުއްޖާގެ ބައްޕައެވެ. 

ހުޅުވާލެވިފައިވާ ހިތަކުން މިމަންޒަރަށް ނިކަން ވިސްނައިލަބަލާށެވެ! އުފާވެރިކަމުން ހިތްފަޅައިގެން ނުދާނީ ކާކުގެތޯއެވެ؟ އުފާވެރިކަމުން ލޮލުން ކަރުނަ ނުއަޅައި ހުރެވޭނީވެސް ކާކަށްތޯއެވެ؟ 

މިވާހަކަ ރަށުގެ އެންމެންވެސް ފަޚުރުވެރިލާފައި ދައްކައެވެ. އެދެމަފިރިންނަށް ތައްރީފްވެސް ކުރެއެވެ. އެދެމަފިރިންނަށާއި ދެމަފިރިންގެ ކުދިންނަށްޓަކައި ހެޔޮދުޢާވެސް ކުރެއެވެ. އަދި ބައެއް މީހުން އުފަލުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދެއެވެ. 

ނަމަވެސް ރަށުގެ އެންމެންނާއިވެސް އަހަރެން ކޮށްލަން ބޭނުންވާ ސުވާލެއްވެސް އެބައޮތެވެ. އެއީ ތިއަބައިމީހުން ތިއަބައިމީހުންގެ ދަރިން އެގޮތަށް ތަރުބިއްޔަތުކުރަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ދަރިންނަށް ދީން އުނގަންނައިދީ ނަމާދުކުރަން އާދަކުރުވަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެން އންމެންގެ މައްޗަށްވެސް އެއީ އޮތް އެންމެ މަތިވެރިވާޖިބުކަން ޤަބޫލުނުކުރަނީ ކީއްވެތޯއެވެ؟ 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް