އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް

ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މާލޭސިޓީއާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ، ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިޙްސާސްތައް ދެނެގަނެ އެކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު، ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މީގެ ދެ ދުވަސް ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށާއި، ރަށު ކައުންސިލްތަކުގެ ރައީސުންނަށާއި، ހުރިހާ ކައުންސިލަރުންނަށާއި، ޑަބްލިއުޑީސީގެ ހުރިހާ މެމްބަރުން ހިމެނޭހެން އިޙްލާސްތެރިކަމާއެކު މަރުޚަބާ ދަންނަވާފައެވެ. އަދި، ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާއެކީގައި، ވަރަށް ބޮޑު މަސްޢޫލިއްޔަތުތަކަކާއި ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަން ހަނދުމަފުޅުކޮށް އަރުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލަރުން އެ ޙަވާލުވެވަޑައިގަތް ބޮޑު މަސްޢޫލިއްޔަތާއެކީގައި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގައި ސަރުކާރަށް އެއްބާރުލުންދީ އެ މަސައްކަތް ފުރިހަމަ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިމިދިޔަ އިންތިޚާބުގައި، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ނަތީޖާއަކީ، މާލޭ ސިޓީގެ ނަތީޖާކަމަށާއި، މާލޭ ސިޓީގެ ކައުންސިލަށް މި އައި ބަދަލާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، މި އިންތިޚާބުން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، އިންތިޚާބުވި ކައުންސިލަރުންގެ ތެރޭގައި އަންހެނުންނަށް 35 ޕަސެންޓަށްވުރެ ގިނަ ޢަދަދެއް ލިބިފައިވުން ކަމުގައި ވިދާޅުވިއެވެ. އަދި، ދެ ޖިންސުގެ ހަމަހަމަކަން ގެންގުޅުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުގެ ތެރެއިން މި ސިޔާސަތު ތަންފީޒުވެގެންދާތަން ފެނުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކީގައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައިވެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ. އަދި، އެމަނިކުފާނު ވަނޫ މި ބައްދަލުކުރެއްވުމުގައި ނޫސްވެރިން އެކި ދާއިރާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް ތަފްޞީލީގޮތެއްގައި ޖަވާބުދެއްވާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް