އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މިކަމާގުޅިގެން އިސްލާމިކް މިިނިސްޓްރީން ބުނެފައިވަނީ ގޮވާމުގެ ބާވަތްތަކުންނާއި ގޮވާމުގެ އަގަށްވާ ފައިސާއިން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ބަޔަކު އަހަރެއްގެ ތެރޭގައި ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށާއި ނުވަތަ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިން ފިތުރު ޒަކާތް ދައްކަން ޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ދިނުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށުގެ ނުވަތަ ސިޓީއެއް ނަމަ ސިޓީ ކައުންސިލުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު