އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަށް ހާއްސަ އޮފަރ ތަކެއް އުރީދޫ އިން ތައާރަފުކޮށްފި

ރަމަޟާން މަހަށް ހާއްސަ އޮފަރ ތަކެއް އުރީދޫ އިން ތައާރަފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ރަމަޟާން މަހަށް ހާއްސަކޮށް ލުއި އަދި ޑިސްކައުންޓް ލިބޭ އޮފާތަކެއް އުރީދޫއިން ތައާރަފުކޮށްފިއެވެ.

އުރީދޫއިން ތައާރަފްކުރި އޮފާގެދަށުން މޫލީ މެދުވެރިކޮށް ރައުޓަރު ގަންނަ ފަރާތްތަކަށް 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބުމާއި ސުޕަނެޓު ރައުޓަރު އަގުހެޔޮކޮށް ގަނެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. 

ޒަކާތް ދައްކާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި އުރީދޫއިން ވަނީ އެމްފައިސާއާއި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގުފަހިކޮށްދީފައެވެ. އުރީދޫ އެޕްލިކޭޝަން ޑައުންލޯޑުކޮށްގެން، އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން *909# އަށް ޑައިލް ކުރުމުން ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

މީގެއިތުރުން ނަމާދު ވަގުތު ހަނދާން ކޮށްދިނުމަށް ޓަކައި އުރީދޫއިން ވަނީ ވައިބާ މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލާޓް ލިބޭ ހިދުމަތެއް ވެސް ރަމަޟާން މަހަށް ތައާރަފުކޮށްފައިވާއިރު މި ހިދުމަތުގެ ދަށުން ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނީ އެކަމާ ގުޅޭ ވައިބާ ސްޓިކާ ޕެކް ޑައުންލޯޑް ކޮށްގެންނެވެ.

ވައިބާ ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ނަމާދު އެލާޓް އެކްޓިވޭޓް ކޮށްލެވޭނެއެވެ. މިޚިދުމަތް ހޯދުމަށް “GO” ޖަހާފައި 4777 އަށް އެސްއެމްއެސް ކޮށްލުމުން ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ލިބޭނެއެވެ.

އުރީދޫ ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާނުގެ އާޔަތްތައް ހިލޭ ލިބޭ ހިދުމަތެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން “Ramadan” ޖެހުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރުމުން އެ ހިދުމަތް ލިބޭނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު