އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާގެ އެންމެ ގުނަވަނެއް ކުލޭގަނޑަށްވެ ކަމުނުގޮސްގެން ވަރިވުމަށްފަހު ކައިވެނިކުރި ދެވަނަ ފިރިމީހާގެ މުޅި ހަށިގަނޑު ކުލޭގަނޑަކަށް!

ފިރިމީހާގެ އެންމެ ގުނަވަނެއް ކުލޭގަނޑަށްވެ ކަމުނުގޮސްގެން ވަރިވުމަށްފަހު ކައިވެނިކުރި ދެވަނަ ފިރިމީހާގެ މުޅި ހަށިގަނޑު ކުލޭގަނޑަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

މިއީ މިފަދަ ތަނެއްގައި ކިޔައިދޭން މާ ރީތި ވާހަކައަކަށްވެސް ނުވެދާނެއެވެ. ނަމަވެސް މިރޭ މިކިޔައިދެނީ ވަރަށް އިބްރަތްތެރި ވާހަކައެކެވެ. އިންސާނުންގެ ދިރިއުޅުމާއި ކެތްތެރިކަމާއި ގުޅިފައިވާ މުހިންމު ފިލާވަޅެކެވެ. 

މިފަދަ ވާހަކަތަކަށް ވިސްނައި ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ތަޤްވާވެރިކަން ފުރިހަމަވުން ވެސް މިއޮތީ ދިރިއުޅުން ހަމަޖެހޭ މިންވަރުގެ މައްޗަށް ކަމުގައިވާތީއެވެ. މީހާގެ ދިރިއުޅުމުގެ ކަންކަން އަމިއްލަ ސަބަބުތަކާއިހުރެ ފުރިހަމަ ނުވުމަކީ އެކަމުގެ ޝަކުވާ އަބަދުވެސް ހިތުގައި އޮންނާނެ ކަމެކެވެ. އެހެންކަމުން އެއީ އަޅުކަންކުރަން އޮތް ހުރަހަކަށްވެސް އޮންނަނީ ވެފައެވެ. 

ޝައުޤުވެރިކަމާއިއެކު ރަނގަޅަށް އަޑުއަހާށެވެ! 

ކައިވެންޏަށް 17 އަހަރެވެ. 4 ދަރިން ވަނީ ލިބިފައެވެ. ދެމަފިރިން ދިރިއުޅެނީ މެދުމިނުގެ ތަނަވަސްކަމެއްގައި އުފަލުގައެވެ. ނަމަވެސް އަނބިމީހާ އަބަދުވެސް ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ ފިރިމީހާ އަކީ ޖިންސީ ގޮތުން ބަލިކަށިމީހެއް ކަމުގެ ޝަކުވާއެވެ. 

އެއް ރޭ އެކުގައި ނިދަން ތިބެފައި މިޝަކުވާގެ ތެރެއިން ވާހަކަދައްކަމުން އަނބިމީހާ ފިރިމީހާއާއި ދިމާއަށް ބުނީ ފިރިމީހާ އާއިއެކުގައި އުޅުމަށްވުރެ ކުޑަކުދިން ގެންގުޅޭ ކުލޭ ގަނޑެއް ގެންގުޅުންވެސް މާރަނގަޅުވާނެ ކަމަށެވެ. އަދި ބޭނުންވަނީ ވަރިވާން ކަމަށެވެ. 

މިފަދަ ޒުވާބުތައް ގިނަވެ އެހެން ގޮތެއް ނެތިގެން އަނބިމީހާ ވަރިކުރީއެވެ. ޢިއްދަ ހަމަކުރުމަށްފަހު އަނބިމީހާ "ހެލްދީ" ފިރިހެނަކާއި ކައިވެނިކުރިއެވެ. 

ކައިވެނީގައި އުފަލުގައި ދިރިއުޅެވުނީ 3 މަހެއްހައި ދުވަހުއެވެ. "ހެލްދީ" ފިރިމީހާއަށް ސްޓްރޯކެއް ޖެހިފައި ޕެރަލައިޒްވީއެވެ. ޑޮކްޓަރުންގެ ފަރުވާއިންވެސް މާބޮޑު ލުޔެއް ނުލިބުނެވެ. އޮންނަން ޖެހުނީ އެނދުގައެވެ.

އެ ހާލުގައިވެސް ކުރީގެ ފިރިމީހާ ދިއައީ ދަރިންނަށް ޚަރަދުކުރަމުންނެވެ. ކޮންމެ މަހެއްގެ ވެސް ފުރަތަމަ ދުވަހު އައިސް ފައިސާ ޙަވާލުކުރެއެވެ. ދަރިން ސްކޫލުން ގެނެސްދީ ވެސް ހަދައެވެ. ނަމަވެސް އެގެއަށް ވަދެއެއް ނުއުޅެއެވެ. 

ސްޕަރމާކެޓަކުން ދެމީހުން ބައްދަލުވި ދުވަހަކު ކުރީގެ އަނބިމީހާ އޭނާ އަށް ދިރިއުޅެންޖެހިފައިވާ ޙާލު ކިޔައިދިނެވެ. ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު ބުންޏެވެ. "ކަލާއަށް ދިރިއުޅެން ޖެހިފައިވާ ޙާލަތާއިމެދު ހިތާމަ ކުރަމެވެ. އެއްވެސް މީހަކަށް ދެރަ ގޮތެއް ވުމަކަށް ނުއެދެމެވެ. ކަލާއަށާއި ކަލާގެ ފިރިމީހާއަށްޓަކައި ހެޔޮ ދުޢާވެސް ކުރަމެވެ. ވަކިން ބޮޑަށް ދެރަވަނީ ކަލާގެ އުންމީދުތަކަށް ހުރަސް އެޅުނުކަމާއިމެދުގައެވެ. ކަލާ އެދުވަހު ކަންބޮޑުވީ ކްލޭގަނޑެއް ގެންގުޅެން ޖެހިގެންނެވެ. އެއީ އަހަރެންގެ އެންމެ ގުނަވަނެކެވެ. މިއަދު ތިއަވަނީ މުޅި ހަށިގަނޑު ކްލޭގަނޑަކަށް ވެފައިވާ ފިރިއަކާއިއެކު އުޅެންޖެހިފައެވެ. އެ ކްލޭގަނޑު ގެންގުޅެންޖެހިފައެވެ. ދެން ވެސް ވިސްނާލައި ތައުބާވާށެވެ! ފާފަ ފުއްސެވުން އެދި ދުޢާ ކުރާށެވެ. އަހަރެން އަބަދުވެސް ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރަމެވެ." 

ކުރީގެ ފިރިމީހާ އެހެން ބުނެފައި ދާން ހިނގައިގަތް އިރު ލޮލުން ހުރީ ކަރުނަ ފާއަދައިފައެވެ. ތަންކޮޅެއް ދުރަށް ދިއުމަށްފަހު ކަރުނަ ފޮހެލިތަންވެސް ކުރީގެ އަނބިމީހާއަށް ފެނުނެވެ. 

މިފަދަ ޢިބްރަތްތެރި އެތައް ހާދިސާތަކެއް ކޮންމެ ދުވަހަކުވެސް ދާނީ ހިނގަމުންނެވެ. ވީމާ ޢިބްރަތް ޙާޞިލުކުރަން މަސައްކަތްކުރަމާ ހިނގާށެވެ. 

މިކަމަށް ފިރިންވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އަނބިމީހާގެ ކިބައިން އެފަދަ އުނިކަމެއް ފެނުނު ނަމަވެސް އަނބިމީހާ ހިތުގައި ޖައްސައި ބާކީކޮށްލަން ހެޔޮ ނުވާނެއެވެ! ތިމާއަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ބޮޑު ނިކަމެތި ކަމަކާއިކަން ނުވެސް އެނގޭނެއެވެ!

އެއްވެސް މީހެއްގެ ހުރިހާ ކަންކަން އެންމެ ފުރިހަމަ ނުވެދާނެއެވެ. ހަމައެކަނި އެންމެ ކަމަކަށްޓަކައި ކައިވެނި ރޫޅައި ނުލާށެވެ! އެކަމަކަށް ކެތްތެރިވެ ދުޢާ ކުރާށެވެ. ﷲ ތަޢާލާގެ ހަޟްރަތުން ވާގި އެދޭށެވެ. ހެޔޮ ގޮތްތައް ފެންނާނެއެވެ! އަމިއްލަ އުފަލަށްޓަކައި ފިރިމީހާ ނިކަމެތިކޮށްލައި 3 ދަރިން ނިކަމެތިކޮށްލުމުގެ ނަތީޖާ ނިކަން ދެކި ބަލާށެވެ! 

ދެމަފިރިންކުރެ މީހެއްގެ ކިބައިގައި މައްސަލަ ހުރިނަމަ އޭނާގެ ކިބައިގައި ހުރި ރަނގަޅު ކަންކަން ބަލައި އެކަންކަމުގެ އަގު ވަޒަންކުރަން ދީނުގައި ބަޔާންވެގެންވަނީ މިސަބަބަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް