އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އަށްޑިހަ ދެމީހުން!

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އަށްޑިހަ ދެމީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މިއަދު ކޮރޯނާ ވައިރަހަށް 82 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 40 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 82 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 95 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 1792 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 23,360 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 26,021 އަށް އަރައިފައެވެ. މި ބައްޔަށް 2584 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 53 މީހުންނަށެވެ.

މި ބަލީގައި 68 މީހަކު ވަނީ ނިޔާވެފައެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު