އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަރަމްފުޅާ ދިމާއިން އުޑުމަތި ރަތްވުން - ގިނަބައަކު ކަންބޮޑުވި ކަމެއް!

ޙަރަމްފުޅާ ދިމާއިން އުޑުމަތި ރަތްވުން - ގިނަބައަކު ކަންބޮޑުވި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މުސްލިމުންގެ އެންމެ މަތިވެރި ޙަރަމްފުޅު، މައްކާގެ ޙަރަމްފުޅާއި ދިމާއި އުޑުމަތި ވަރަށް ބޮޑަށް ރަތްވެގެންދިއަ މަންޒަރު ޢާންމުވުމުން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ވީޑިއޯ ޢާންމުކުރިފަރާތުން މިއީ ކޮން ދުވަސްވަރަކު ހިނގާފައިވާ ކަމެއްކަން ހާމަކޮށްފައި ނެތްނަމަވެސް މާސްއަޅައިގެން ތިބި މީހުން ފެންނާތީ މިއީ ފަހުގެ ވީޑިއޯއެއްކަން އެނގެއެވެ. 

މިފަދަ ކަންކަމާއި ގުޅިގެން މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވެއެވެ.  

"މިއަދު ރަތްކުލައިން ފެންނަ އެންމެ ބިރުވެރި އެއްޗަކީ އަލިފާނެވެ. ނަމަވެސް ޤިޔާމަތް ދުވަހު ނަރަކައިގެ އަލިފާން ފެންނާނީ ކަޅުކަންގަދަ ކަޅުކުލައިގައެވެ. ރަތްކުލަ ފެންނަ ކޮންމެ ފަހަރަކީ އެމީހަކަށް ރަތްކާޑު ދެއްކުން ކަމުގައި ނުވެދާނެއެވެ. ރަތްކާޑޫ ދައްކައި ދަނޑުން ބޭރުކޮށްލުން ކަމުގައިވެސް ނުވެދާނެއެވެ. 

ދަނޑުގައި ރެފްރީ ރަތްކާޑު ދައްކަނީ ކުށްކުރިތަން ފެނުމުންނެވެ. ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ކޯފާ ބާވައިނުލައްވަވަނީ އަހަރެމެން މިކުރާ ހުރިހާ ފާފަތައް ދެކެދެނެވޮޑިގެންވާ ޙާލުގައެވެ. ފާފަކުރުމުގަ އެމީހަކު ހުރި ޙާލަތު އެނގޭނީ ހަމަ އެމީހަކަށެވެ!"

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް