އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ކުޑަވޭނެއް އެޅިނަމަވެސް، ހިތްދަތި ޙާލުވެސް ﷲ ދެނެވޮޑިގެންވެއެވެ! ތިބާ ދޫކޮށް ނުލައްވަވާނެތެވެ!: މުފްތީ މެންކް

ކިތަންމެ ކުޑަވޭނެއް އެޅިނަމަވެސް، ހިތްދަތި ޙާލުވެސް ﷲ ދެނެވޮޑިގެންވެއެވެ! ތިބާ ދޫކޮށް ނުލައްވަވާނެތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ހިތާމަތަކާ ހިތްދަތިކަމުގެ އިތުރުން ތަފާތު ބަލިތަކުގައި ވަރަށް ބޮޑަށް ވޭން އަޅަމުންދާ މީހުން ވަރަށް ގިނައެވެ. ކޮންމެ ބާވަތެއްގެ ވޭނެއް ނަމަވެސް އިޙްޞާޞްކުރަންޖެހުމަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ތަކްލީފްވެސްމެއެވެ. 

އެކަން އެންމެ ގާތުން އިޙްޞާޞްކުރަމުން ބުނެލަމެވެ. އަހަރެމެން އެންމެންނަކީވެސް ﷲ ތަޢާލާ އުފެއްދެވި އެކަލާނގެއަޅުތަކުންނެވެ. އަހަރެމެން ކޮންމެ މީހެއްގެ ގައިގައި ކިތަންމެ ކުޑަ ވޭނެއް އެޅިނަމަވެސް އެކަލާނގެ އެކަން ދެނެވޮޑިގެންވެއެވެ. އަދި އަހަރެމެންކުރާ ދުޢާވެސް އައްސވައިވޮޑިގެންވެއެވެ. 

ވީމާ އަޅާ ކޮންމެ ވޭނަކަށް އެކަލާނގެ ރަޙްމަތް ލައްވަވާނެތެވެ! އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އަދި ކެތްތެރިވުމުން އެމީހަކަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި ރަޙްމަތް ލައްވަވާނެތެވެ! އެކަންކަން ޔަޤީންކޮށްގެން ހުރުމަކީ ކުރިމަތިވާ ކޮންމެ ކަމަކުން އަރައިގަތުމަށް ހިތްވަރު ލިބޭނެ ކަމެކެވެ. 

ވޭން ގަދަވާ ވަގުތުތަކުގައި ހިތްދަތިކަން އިތުރުވާނެއެވެ. މާޔޫސްކަންވެސް ބޮޑުވާނެއެވެ. ނަމަވެސް ކެތްތެރިވެލަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް އެކަމަށް ހިތްވަރު ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް