އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަންކަމަށް ވިސްނުމުން ބެލުންތައް ތިރިކުރެވޭނެއެވެ! ލޮލުން ފާފައެއް ނުކުރާނެއެވެ! އިން ޝާ ﷲ

މިކަންކަމަށް ވިސްނުމުން ބެލުންތައް ތިރިކުރެވޭނެއެވެ! ލޮލުން ފާފައެއް ނުކުރާނެއެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭނީ އެމީހުންގެ ދުލާއި ޖިންސީ ގުނަވަނުގެ ސަބަބުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ކަން މިހެން އޮތްއިރު ޖިންސީ ގުނަވަނުން ފާފަކުރެވެން މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ލޮލުން ކުރެވޭ ފާފައެވެ. ބަލައިގެން ނުވާނެ ތަންތަނާއި ކަންކަން ބެލުމެވެ. 

ދުނިޔޭގައި އުޅެމުން މިދާއިރު އެންމެ ގިނަ ބައަކު ބަލަން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ބަރަހަނާ މަންޒަރުތަކަށެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު އެކަން އޮތް ގޮތެވެ. އެންމެ ގިނަ ބައަކު އިންޓަރނެޓް ބޭނުންކުރަނީ ވެސް އެފަދަ މަންޒަރުތައް ބެލުމަށެވެ. 

ކަން މިހެން އޮތްއިރު އާޚިރަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. ވީމާ ދުނިޔެ ފެށުނީންސުރެ ނިމެންދެން ދުނިޔޭގައި އުޅުނު އެންމެން މަޙްޝަރު މައިދާނުގައި ތިބޭނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. އެއްވެސް ފޭރާމެއް ނެތިއެވެ. 

އެހެންކަމާއިއެކުގައިވެސް އެއްވެސް މީހަކު އަނެކާގެ އައުރައަށް އެދުވަހަކު ނުބަލާނެއެވެ. ތިމާ އާއިމެދު ކަންތައް ވެދާނެ ގޮތަކާއި މެދު ގަނެފައި ތިބޭ ބިރު ބޮޑުކަމުން އެއްވެސް މީހެއްގެ ކިބައިގައި އެކަމަށް އެއްވެސް ޝައުޤްވެރިކަމެއް ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް ހުންނާނީ ބިރުން ވިރިވިރިއެވެ. ތިމާގެ ހިސާބު ބެއްލެވުމުން ވާނެ ގޮތެއް ނުއެނގޭތީ އެވެ. ވަންނަން ޖެހޭނީ ނަރަކައަށް ނޫން ކަމާއިމެދު ގަނެފައިތިބޭ ބިރުގެ ބޮޑުކަމުންނެވެ. ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންވެސް ތިއްބަވާނީ ހަމަ އެބިރުވެރިކަމުގައެވެ. 

އެދުވަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގެންވާ ދުވަސްކަމުގައި އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީ އެވެ. ހިސާބު ބެއްލެވުން ލަސްވެ މީސްތަކުން އާދަމްގެފާނާއި ނޫޙުގެފާނާއި އިބްރާހީމްގެފާނާއި ޢީސާގެފާނުގެ އަރިއަހަށް ދިއުމުން "ނަފްސީ ނަފްސީ" އެވެ ވިދާޅުވެ ދެއްވަވާ ޖަވާބުން މިކަން އެނގިގެންދާނެއެވެ. 

ވީމާ މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ބެލުންތައް ތިރިކުރާށެވެ! ފާފަވެރިނުވާށެވެ! ލޮލުން ކުރެވޭ ޒިނޭތައް ކުރުން އަވަހަށް ހުއްޓައިލާށެވެ! މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ކުރެވިފައިވާ މިފަދަ ބޮޑެތި ފާފަތަކުން ތައުބާވުމުގެ މަހެވެ. ޢާޚިރަތް ދުވަހުގެ ބިރުވެރިކަމަށް ހޭލުންތެރިވާށެވެ! ތިބާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބަކީ ތިބާގެ ޖިންސީ ގުނަވަންކަމުގައިވުމުން ސަލާމަތްކަން ހޯދޭނީ ބެލުންތަކަށް ސަމާލުކަން ދެވުނު ވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް