އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަށް ތިއަހުރެވެނީ ދުނިޔެ އެކުގަ ލިބުނަސް ހިތް ނުފުރޭނެ މީހުންގެތެރޭގައިކަން ނުވަތަ ނޫންކަން މިކަމުން ބަލައިލާށެވެ!

ތިބާއަށް ތިއަހުރެވެނީ ދުނިޔެ އެކުގަ ލިބުނަސް ހިތް ނުފުރޭނެ މީހުންގެތެރޭގައިކަން ނުވަތަ ނޫންކަން މިކަމުން ބަލައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

މީހަކަށް ޝުކުރުވެރިވުމުން އެމީހަކު މަރުޙަބާއެވެ. ބުނާ ހިސާބުން އެކަން އޮންނަނީ ނިމިފައެވެ. ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އެކަންވެސް ތަފާތެވެ. މީހަކު ﷲ ތަޢާލާއަށް ޝުކުރުވެރިވެއްޖެ ނަމަ އެމީހަކަށްޓަކައި އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަތެވެ. ދުނިޔޭގައި ކުޑަކުޑަމިންވަރެކެވެ. އާޚިރަތުގައި ހިތްފުރި އިތުރުވަންދެންނެވެ. 

މީހަކު ކަމެއް ކޮށްދީފިނަމަ ޝުކުރުވެރިވަމުއެވެ. ހެވިފައި ހުރެގެން 2،3 ފަހަރު ޝުކުރިއްޔާއެވެ. ބުނެފިނަމަ އެމީހަކު ހުންނާނީ އުފަލުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ހިނގަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ޝުކުރިއްޔާއެވެ ކިތަންމެ ގިނައިން ބުނުމަކުން އަދި ނުފުދޭކަމެވެ. ޝުކުރުވެރިވާކަން އަމަލުން ދައްކަން ޖެހެއެވެ. 

އަމަލުން ދައްކަން ކުރަން ޖެހޭ ފުރަަތަމަކަމަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް ކުރަމުން ގެންދިއުމެވެ. އެއާއިއެކު ދީނުގެ ހުރިހާ ފަރުޟުތަކަށާއި ސުންނަތްތަކަށް ރައްކައުތެރިވުމެވެ. ހުއްދަކުރެއްވެވި ކަމެއް ނޫނީ ނުކުރުމާއި ނަހީ ކުރެއްވެވި ހުރިހާ ކަންކަމުން ދުރުވެހުރުމެވެ. 

މިކަންކަން އެންމެންނަށް އެނގޭއިރުވެސް ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް ފަރުޟު 5 ނަމާދު ނުކުރެވެނީ، ޚާއްޞަކޮށް ޖަމާއަތަށް ނަމާދަށް ނުދެވެނީ ހަމަ "ބިޒީ" ކަމުންނެވެ. އެފަދައިން ބުނާ ކޮންމެ މީހަކާއިވެސް ކުރަން އޮތް ސުވާލަކީ އެހައި "ބިޒީވެގެން" ތެޅި ފޮޅޭތީ ކުރަން އުޅޭ ހުރިހާ ކަމެއް އެބަކުރެވޭ ހެއްޔެވެ؟ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެގެން ތިއަ އުޅޭ ހުރިހާ އުފާތަކެއް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟ 

ޖަވާބުގައި އާނއެކެވެ ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަކުވެސް އެބަހުރި ހެއްޔެވެ؟ ނެތް ކަމާއި ނުހުންނާނެކަން ކަށްވަރެވެ. އެއީ ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ އެއްވެސް މީހެއްގެ ހިތް ނުފުރޭނެތީއެވެ. މުޅި ދުނިޔެ އެކުގައި ލިބުނު ނަމަވެސް ހިތް ފުރޭނެ މީހަކު ބަންގީގެ އަޑުއިވުމުން މިސްކިތަށް ނުގޮހެއް ނުހުންނާނެއެވެ! 

ޝުކުރުވެރިވުމުގެ ވާހަކަ ދައްކާއިރު ނިކަން ބުނެބަލާށެވެ. ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް 

سُبْحَانَ اللَّهِ  وبِحَمْدِهِ  سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް