އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް - ޞަޙީޙް އިންޓަރނޭޝަނަލުން!

ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް - ޞަޙީޙް އިންޓަރނޭޝަނަލުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

މިއަދު ދުނިޔޭގެ ތަނެއްގައި މުސްލިމް ޢިލްމުވެރިންގެ ބައްދަލުވުމެއް ބޭއްވިނަމަވެސް އަދި ޖަލްސާއެއް ބޭއްވިނަމަވެސް ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ބޭނުންކުރާނަމަ ގިނައިން ބޭނުންކުރަނީ "ޞަޙީޙް އިންޓަނޭޝަނަލް" ކަމަށް ބެލެވެއެވެ. އަދި ބޮޑެތި ޢިލްމުވެރިން ރިފަރކުރައްވަނީވެސް ޞަޙީޙް އިންޓަރނޭޝަނަލް އެވެ. 

އެނގޭބައަކަށް އެނގޭނެއެވެ. ނަމަވެސް ގިނަބައަކަށް ނުއެނގޭ ކަމަކީ ޞަޙީޙް އިންޓަރނޭޝަނަލް އެކުލަވައިލީ އަލަށް އިސްލާމްވި، އެމެރިކާގެ 20 އަހަރުގެ ޒުވާން 3 އަންހެންކުދިންކަމެވެ. 

ވިސްނައިލާށެވެ! އިސްލާމް ދީނާއި ދެކޮޅަށް އެންމެ ބޮޑަށް ފައުޅުގައި މަސައްކަތްކުރާ އެއް ޤައުމަކީ އެމެރިކާއެވެ. މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވަމުން އަންނަނީ އެމެރިކާއިންނެވެ! ﷲ ތަޢާލާ، ޢަރަބި ބަހުން ބާވައިލެއްވެވި ކީރިތި ޤުރްއާން އިނގިރޭސިބަހަށް ތަރުޖަމާކޮށް ފެތުރުމުގައި އެންމެ އުހުގައި މިއަދު އެތިބީ އެ އެމެރިކާގެ 3 އަންހެނުންނެވެ. 

އަދިވެސް އެންމެ ޚާއްޞަކަން ބޮޑުވާކަންތައް ބުނަން ހެއްޔެވެ؟ އެއީ އެ 3 އަންހެނުންނަކީވެސް އަލަށް އިސްލާމްވި އަންހެނުންކަމުގައިވީކަމެވެ. އުންމު މުޙައްމަދު ނުވަތަ އުންމު އައިމިނަ (އެމިލީ އަސަމި) އަކީ މުސްލިމަކަށްވުމުގެ ކުރިން އެތީސްޓެކެވެ. މޭރީ ކެނެޑީ އާއި އަމަތުﷲ ބެންޓްލީ އަކީ ކްރިސްޓިއަން 2 އަންހެނުންނެވެ. 

ނިކަން ބުނެބަލާށެވެ! މިއީ ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް ކަމުގައި ނުވާންވީ ކީއްވެގެންހެއްޔެވެ؟ ﷲ ތައާލާ މީސްތަކުންނަށް އެ ދައްކަވައި ދެއްވަވަނީ ކީރިތި ޤުރްއާން ނިކަމެތި ނުކުރެވޭނެ ކަމެވެ. ކީރިތި ޤުރްއާން ނިކަމެތިކުރަން މަސައްކަތްކުރާ މީހުންގެ ތެރެއިން އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުން މެދުވެރިކުރައްވަވައި މީސްތަކުންނަށް މުޢްޖިޒާތް ދައްކަވާނެ ކަމެވެ. 

ގުޅުންހުރި ލިޔުން:

https://en.wikipedia.org/wiki/Sahih_International

ގުޅުންހުރި ވީޑިއޯ:

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް