އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރަށް ބޮޑަށް ޝުކުރިއްޔާ އެމްއެންޑީއެފް!: ވަގުތީ މިސްކިތުގަ ނަމާދުކުރަން ފަށައިފި

ވަރަށް ބޮޑަށް ޝުކުރިއްޔާ އެމްއެންޑީއެފް!: ވަގުތީ މިސްކިތުގަ ނަމާދުކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މައްޗަންގޮޅީ ބައު މިސްކިތް (ފަހުން ޛިކުރާ މިސްކިތް) ހުރިބިމުގައި ފަޚުރުވެރި ދިވެހި ސިފައިން އަޅައިދިން ވަގުތީ މިސްކިތުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހައަށް ނިންމައިދީފިއެވެ. މިސްކިތުގައި މިއަދު ވަނީ ހުކުރު ނަމާދުކޮށްފައެވެ.

ވަގުތީ މިސްކިތުގެ މަސައްކަތް ބީލަމަށްލައި ގެޒެޓްކޮށްފައިވަނިކޮށް އޯޑިއޯން ސަރަހައްދުގައި ވެސް ވަގުތީ މިސްކިތެއް އަޅައިދިނީ ހިލޭ ސާބަހަށް އެމްއެނޑީއެފުންކަން ފާހަގަކުރުމުގެ ވިސްނުން މިއަދުނޫހުގެ އެޑިޓޯރިއަލްއަށް ދެއްވެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. އެލިޔުމަށްފަހު ބިޑަށްލުން ބާޠިލުކުރުމުން ޒަކާތު ފައިސާއިން ނުވަތަ ދައުލަތުގެ ފައިސާއިން ގެއްލިގެންދާން އުޅުނު އެތައް މިލިއަން ރުފިޔާއެއް މިހާރު އެވަނީ ސަލާމަތް ކުރެވިފައެވެ. 

ނޫންނަމަ އެމިލިއަންތައް ލިބިގެން ދިއައީހީ ވޮޑޭ ތުނޑިތަކުގެ ތެރެއިން ތުނޑިއެއް އިތުރަށް ވޮޑޭގޮތަށް ޕާޓީއެއްގެ ބޯއިއަކަށްކަމުގައި ބެލެވެއެވެ. 

މައްޗަންގޮޅި ބައުމިސްކިތް ހުރިތަނުގައި އަޅާފައިވާ ވަގުތީ މިސްކިތް ނިންމަން އެމްއެންޑީއެފްގެ ފަހުލަވާނުން 24 ގަޑިއިއރު ކުރި ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެހުރިހާ ފަހުލަވާނުންނަށް، ޢާންމުކޮށް އެމްއެންޑީއެފްގެ ހުރިހާ ފަހުލަވާނުންނަށް މިއަދުނޫހުގެ ޓީމުން އައްސަރުބަހާ ސާބަސް އަރިސްކުރަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް