އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިފާ ރޯދަ ﷲ ތަޢާލާގެ ޙަޟްރަތަށް ނުގެންދެވިދާނެކަމަށް ބިރުނުގަނެ ރޯދައެއް ނުހިފޭނެ!: މުފްތީ މެންކް

ހިފާ ރޯދަ ﷲ ތަޢާލާގެ ޙަޟްރަތަށް ނުގެންދެވިދާނެކަމަށް ބިރުނުގަނެ ރޯދައެއް ނުހިފޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރޯދަހިފާ ކޮންމެ މީހަކަށްވެސް އެނގޭނެފަދައިން ކޮންމެ މީހަކަށްވެސް ރޯދައެއް ހިފެނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެތައް ބައިވަރު ޤުރްބާނީތަކެއް ވެގެންނެވެ. އެހެންކަމުން އަހުރެންގެ ސުވާލަކީ ތިބާ ތިއަ ހިފާ ރޯދަ ﷲ ތަޢާލާއަށް ގެންދެވޭނެ ހެއްޔެވެ؟ 

ހިފާ ރޯދަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމަކީ އެއިން ބައެއް އުނިނުވެ ގެންދެވުމެވެ. ރޯދައަށް ހުރެ ރޯދައަށް ގެއްލުންވާނެ ޢަމަލުތައް ކުރާނަމަ އެދަނީ އުނިވެގެންނެވެ. އުނިވަމުންގޮސް ހުސްވެއްޖެނަމަ އެއިން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. 

ހަމައެއާއިއެކު އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ކުރާ ކޮންމެ އަޅުކަމެއްވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ފުރިހަމަ ގޮތުގައި ގެންދިއުމެވެ. އެއިރުން އެ ޢަމަލުތަކަށް ﷲ ތަޢާލާ ޘަވާބު އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އަދި ކުރެވިފައިވާ ފާފަތަކަށް ޢަފޫވެސް ކޮށްދެއްވަވާނެތެވެ! ޝަރީކުކުރުން ފިޔަވައެވެ. 

ހިފާ ރޯދައިގެ ޘަވާބު ބޭނުންނަމަ ޢަމަލުކުރަން ޖެހޭ ކަންކަން އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ! ދޫ ރައްކައުތެރިކުރުމާއި ރުޅި އިސް ނުކުރުމާއި އެހެން މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމުގެ ވާހަކަ މިގެންދަނީ ކިޔައިދެމުންނެވެ. ޢަމަލުކޮށް ފުރިހަމަގޮތުގައި ރޯދަހިފުން އޮތީ ތިބާއަށެވެ! 

--މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
11%
ރަނގަޅު
22%
އޯކޭ
55%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް