އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވެފައިމިވަނީ ވަރަށް ބޮޑު މުޞީބާތެކެވެ! ކުރާނީ ކޮން ދުޢާއެއްތޯ؟ ކުރާ ސުވާލަށް އަހުރެންގެ ޖަވާބު!

ކުރިމަތިވެފައިމިވަނީ ވަރަށް ބޮޑު މުޞީބާތެކެވެ! ކުރާނީ ކޮން ދުޢާއެއްތޯ؟ ކުރާ ސުވާލަށް އަހުރެންގެ ޖަވާބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ މީހަކީވެސް ކޮންމެވެސް މުޞީބާތެއްގައިވާ މީހެކެވެ. ސައިޒު ތަފާތުވެދާނެއެވެ. ނަމަވެސް މުޞީބާތެއް ކުރިމަތިވެފައިނުވާ މީހުންގެ އިންސައްތައަކީ ކޮބައިކަން އެނގޭނީ ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިގެންނެވެ. 

އެގޮތުން އެކިއެކި ކަންކަމާއި ގުޅިގެން ކުރަންވީ ދުޢާތައް ސުންނަތުންނާއި ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. މިރޭ މިދައްކަނީ ވަރަށް ބޮޑު މުޞީބާތެއް ކުރިމަތިވުމުން ކުރާނެ ދުޢާގެވާހަކައެވެ. 

އެންމެ ބޮޑު މުޞީބާތުގެ ވަގުތުގައި ކުރަން ގިނަ ޢިލްމްވެރިން ބުރަވެލައްވަނީ ދެ ދުޢާއެކެވެ. އެއީ އިބްރާހީމްގެފާނު އެބޮޑު އަލިފާންގަނޑަށް އެއްލައިލެވުނު ހިނދުކުރެއްވި ދުޢާ އާއި އެބިޔަ މަހުގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނުކުރެއްވެވި ދުޢާއެވެ. އެހެނީ މިދެޙާލަތަށްވުރެ ބޮޑު މުޞީބާތެއް އެއްވެސް އިންސާނަކަށް ކުރިމަތިވެދާނެކަމަށް ޤަބޫލުނުކުރެވޭތީއެވެ! 

މިރޭ މިބަލައިލަނީ ޔޫނުސްގެފާނު ކުރެއްވެވި ދުޢާއަށެވެ! 

لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

"އިނބަރަސްކަލާނގެ މެނުވީ އިލާހަކު ނެތެވެ! އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މިއަޅާވީމުއެވެ!" (އަލްއަންބިޔާ: 87)

މިއީ ޔޫނުސްގެފާނު އެ ބިޔަމަހުގެ ބަނޑުގައި އިންނަވައި ކުރެއްވެވި ދުޢާއެވެ. ފުން މާކަނޑުގެ އެންމެ އަޑިން 7 ވަނަ އުޑަށް އުފުލިގެންދިއަ ދުޢާއެވެ. 7 ވަނަ އުޑަށް އުފުލުމުން ޢިޖާބަކުރެއްވެވި ދުޢާއެވެ. 

އަދި ކީއްހެއްޔެވެ؟ އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުން އެންމެ ދުރު ދަތުރެއް ކޮށްފައިވަނީ ވެސް މިދުޢާއެވެ. އެހެނީ މިދުޢާ ފިޔަވައި އެހެން ހުރިހާ ދުޢާތައް ކުރެވިފައިވަނީ ދުނިޔޭގެ ބިމުން 7 ވަނަ އުޑަށެވެ. މިދުޢާ ދަތުރުކޮށްފައި މިވަނީ ދުނިޔޭގެ ބިމަށްވުރެ މާފުނުންނެވެ. ފުންމިން ދެނެވޮޑިގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ކަނޑުއަޑީގެ އަނދިރިކަމެވެ. އެ ބިޔަ މަހުގެ ބަނޑުގައި އިންނަވާއިރު އެ ބަނޑުގެ އަނދިރިކަމެވެ. ސީދާ ކަޅުކުލަ ނޫން އެހެން އެއްވެސް ކުލައެއް ފެންނާނެ ހެއްޔެވެ؟ ނޫނީ ކިތަންމެ ވަރަކަށް ލޯފުޅު ހުޅުއްވެވި ނަމަވެސް ފެންނާނީވެސް ކޮން އެއްޗެއް ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެ ޙާލުކޮޅުގައި އިންނަވައިގެން ކުރެއްވެވި ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެން ދިއުމުން ޔަޤީންކަން އެލިބެނީ މިކައުނުގެ ކޮންމެ ތަނެއްގައި ކިތަންމެ ބޮޑަށް ބަންދުވެގެން އިނދެ ނަމަވެސް ﷲ ތަޢާލާއަށް ކުރާ ދުޢާ، 7 އުޑުމަތިން އެކަލާނގެ އަޑުއައްސަވައިވޮޑިގެންވާ ކަމެވެ. 

މީސްތަކުންނޭވެ! ޤުރްއާނުގައިވާ މިފަދަ ދުޢާތައް ބަދަލެއް ނުކުރެވޭނެއެވެ. ހާމަކުރެވޭނީ ޤުރްއާނުގައި އޮތް ގޮތަށެވެ. ކޮންމެ އެއްޗެއްގެވެސް އަގުއަރާނީ އެއްޗެއްގެ އަޞްލާއި އެއްގޮތަށް ބޭއްވުމުންނެވެ. ގަޑުބަޑުކުރުމުން ގިނަފަހަރު އޮންނާނީ އަގުވެއްޓިފައެވެ. ވީމާ ހުރިހާ ޢިލަމުވެރިންވެސް މިދުޢާ ބަޔާންކުރައްވާނީ މިގޮތަށެވެ! މިދުޢާ މިގޮތަށް ކުރާށެވެ! އިތުރުކުރަން ބޭނުންވާ ބައި އެމީހަކު އަމިއްލައަށް އިތުރަށް ދަންނަވާށެވެ! 

މިދުޢާ ކުރުމުން ސަލާމަތްކުރައްވަވައި ނުދެއްވަވާނެ އެއްވެސް މުޞީބާތެއް އޮންނާނެ ކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ. އިޚްލާޞްތެރިކަމާއިއެކު ތަޖުރިބާކޮށްލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


36%
ވ.ރަނގަޅު
13%
ރަނގަޅު
9%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް