އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޔުޒިކް އަޑުއަހާ މީހާގެ ރޯދަ ފުރިހަމައެއް ނުވާނެ! ބޮޑުބައެއް އުނިވެގެންދާނެ!: ޝައިޚް އަބޫބަކުރު ޒައުދު

މިޔުޒިކް އަޑުއަހާ މީހާގެ ރޯދަ ފުރިހަމައެއް ނުވާނެ! ބޮޑުބައެއް އުނިވެގެންދާނެ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ރޯދައަށް ހުންނަ މީހާ ޙަރާމް ޢަމަލުތައް ކުރަން ޖެހިލުންވެއެވެ. ނަމަވެސް ދުލުން ބޭކާރު ވާހަކަތަކާއި ދެއްކުން މަނާ ވާހަކަތައް ދައްކަން ޖެހިލުމެއް ނުވެއެވެ. ނަމަވެސް ޙަދީޘްފުޅުގައި އައިސްފައިވަނީ އެގޮތަކަށް ނޫނެވެ. ފުރަތަމަ ޙަދީޘްފުޅު ކުރެއްވެވީ ދޫ ރައްކައުތެރިކުރުމަށެވެ. ޢަމަލުތަކުގެ ވާހަކަ ޙަދީޘްފުޅުކުރެއްވެވީ އެއިގެފަހުންނެވެ. ވީމާ ހިފާ ރޯދަ، ރޯދައަކަށް ހަދަން ބޭނުންނަމަ ފުރަތަމަ ދުލަށް ސަމާލުކަންދޭށެވެ. 

މީސްތަކުންނޭވެ! ދުލަށް ރައްކައުތެރިވާށެވެ! ޤިޔާމަތް ދުވަހު ތިބާ އާއި ދެކޮޅަށް ފުރަތަމަ ހެކިދޭނީ ދުލެވެ. ގުނަވަންތައް ހެކިދޭނީ އެއިގެފަހުންނެވެ. ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭނީ ދުލުގެ ސަބަބުންނެވެ. ވީމާ ދުލުގެ ސަބަބުން ތިބާގެ ރޯދަ ބާޠލްވެގެންދިއަ ނުދޭށެވެ. 

ހަމަ އެއާއިއެކު ބެލުންތެރިކޮށް ލޮލުން ރޯދަހިފަންޖެހެއެވެ. ކަންފަތުންވެސް ރޯދަހިފަންޖެހެއެވެ. ޙަރާމް އަޑުތައް އެހުމުން ދުރުހެލިވާންޖެހެއެވެ. މިޔުޒިކް އަޑުއެހުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ވީމާ މިޔުޒިކް އަޑުއަހައިގެން ނުވާނެއެވެ. އަޑުއަހާނަމަ ރޯދައިން ބޮޑުބައެއް އުނިވެގެންދާނެއެވެ. ކަންފަތުން ޙަރާމްކަމެއް ކުރާތީއެވެ! 

ހަމައެއާއިއެކު ޖާހިލުކަމުން ދުރުހެލިވާށެވެ! މިސާލަކަށް ނަމާދުކުރަން ޖެހޭކަން އެނގޭއިރު ނަމާދު ނުކުރުމަކީ ޖާހިލުކަމެވެ. މީސްތަކުންނަށް ހަރުކަށިވެ އަނިޔާވެރިވެ މީސްތަކުން ރުޅިއަރުވާނަމަ އެމީހާގެ ރޯދަ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ! ވީމާ ހިފާ ރޯދައަކަށްވެ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ މިކަންކަމަށް ސަމާލުކަން ދިނުމުންނެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


6%
ވ.ރަނގަޅު
12%
ރަނގަޅު
12%
އޯކޭ
68%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް