އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޚާއެވެ! މިއީ ތޭވީސްވިލޭރެއެވެ! އުންމީދު ތިއަކުރާ ލައިލަތުލްޤަދްރި ވިލޭރޭކަމުގައިވެދާނެއެވެ!

އަޚާއެވެ! މިއީ ތޭވީސްވިލޭރެއެވެ! އުންމީދު ތިއަކުރާ ލައިލަތުލްޤަދްރި ވިލޭރޭކަމުގައިވެދާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

މިރެއަކީ މިއަހަރުގެ ރަމަޟާން މަހުގެ 23 ވިލޭރެއެވެ. ފަހުދިހައިގެ ދެވަނަ އޮނަހިރިވިލޭރެއެވެ. ޙަދީޘްފުޅުގައި އޮތީ އޮނަހިރިވިލޭރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށެވެ. 

މީސްތަކުންނޭވެ! ލައިލަތުލްޤަދްރިވިލޭރޭގެ ބުރަދަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ﷲ ތައާލާގެ ޙަޟްރަތުގައި އެރޭގެ ބުރަދަނަކީ 1000 މައްސަރުކަމަށް ނުވެ އެއްހާސް  މައްސަރުކަމުގައިވެސް ވެދާނެއެވެ. 

Anas ibn Malik reported: 

The Messenger of Allah, peace and blessings be upon him, said when the month of Ramadan began,

 “Verily, this month has presented itself to you. There is a night within it that is better than a thousand months. Whoever is deprived of it has been deprived of all good. None is deprived of its good but that he is truly deprived.”

Source: Sunan Ibn Mājah 1644

Grade: Sahih (authentic) according to Al-Albani

ލައިލަތުލްޤަދްރި ވިލޭރޭގެ ބުރަދަނަކީ 1000 މައްސަރުކަމަށް ނިންމައިގެން ނުވާނެ ސަބަބަކީ  ޙަދީޘްފުޅުގެ މާނައިގައިވަނީ 1000 މައްސަރަށްވުރެ ބުރަދަންހުރި ކަމަށް އޮތުމުންނެވެ. ޔަޤީންކަން ލިބިގެންދަނީ 1000 މައްސަރަށްވުރެ ފައިދާހުރި ކަމެވެ. އަދަދެއް އިމެއް އެނގެން ނެތީއެވެ. އެކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. 

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެރެއަކީ އެކަލާނގެ ކަލާމްފުޅު، ކީރިތި ޤުރްއާން ބާވައިލެއްވެވުނުރެއެވެ. އެއަށްވުރެ ވަކިން މުހންވާނީ ކޮންކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޣާފިލުވެގެން ނުތިބޭށެވެ. ހީވާގިވެލާށެވެ! ލައިލަތުލްޤަދްރިވިލޭރެއަކީ 27 ވިލޭރޭ ކަމަށް ނިންމައިގެން ނުވާނެއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވަނީ އެރޭ ބަދަލުވެދާނެ ކަމަށެވެ. އެއްމަހު 27 އައިނަމަ އަނެއްމަހު 23 އަދި 25 ނުވަތަ 29 ވެސް ވެދާޏެ ކަަމށެވެ. 

ވީމާ ހިތްވަރު އައުކޮށްލާށެވެ! ރޯދަވީއްލުމާއިއެކު ފޯނުން ބޭކާރު އެއްވެސް ކަމެއް ނުކުރާށެވެ! މިރެއަކީވެސް ހަމަ ލައިލަތުލްޤަދްރިވިލޭރޭ ކަމުގައިވެދާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


40%
ވ.ރަނގަޅު
20%
ރަނގަޅު
20%
އޯކޭ
20%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް