އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅު ތަޤްވާވެރިވެ އަޅުކަންނުކުރާތީ ހިތްދަތިވެ ދުނިޔެދޫކުރި މަންމަ ދަރިފުޅަށްކުރި އަސަރުންފުރިގެންވާ އިލްތިމާސް-!

ދަރިފުޅު ތަޤްވާވެރިވެ އަޅުކަންނުކުރާތީ ހިތްދަތިވެ ދުނިޔެދޫކުރި މަންމަ ދަރިފުޅަށްކުރި އަސަރުންފުރިގެންވާ އިލްތިމާސް-!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ޒައިނަބަކީ 8 ދަރިންގެ މަންމައެވެ. އެއިގެ ތެރެއިން 5 ދަރިންނަކީ ފިރިހެންދަރިންނެވެ. ފިރިހެން ދަރިންގެތެރެއިން ދެވައަށް ދޮށީ ދަރިފުޅަކީ ޒައިނަބަށް އެންމެ ހެޔޮ ދަރުފުޅެވެ. ޒައިނަބަށް ބޭނުންވާނެ ޚަރަދުކުރަން އެހެން ދަރިންނަށްވުރެ ކުރީގައި ހުންނަނީ އޭނާއެވެ. އަދި މަންމަ ގޮވައިގެން ތަނަކަށްދާންޖެހުނަމަވެސް އެކަމަށްވެސް އިސްނަގައެވެ. ޖުމުލަކޮށްބުނާނަމަ މަންމަގެ ހުރިހާ ކަމެއް އިސްނަގައިގެން ވަރަށް ލޯބިން ކޮށްދެއެވެ. 

އެދަރިފުޅަކީ އަޅުކަމާއި ތަންކޮޅެއް ދުރުކުއްޖެކެވެ. އެހެންވެ ޒައިނަބް ދުރާލައި ބުންޏެވެ! "ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު މަންމައަށް ކިތަންމެހައިވެސް ހެވެވެ. އަބަދުވެސް ތިއަ މަސައްކަތްކުރަނީ މަންމަ އުފާކޮށްދިނުމަށެވެ. ނަމަވެސް ދަރިފުޅުގެ ކިބައިން މަންމަ އެންމެ ބޮޑަށް ބޭނުންވާ އުފާވެރިކަން އަދިވެސް ނުލިބެއެވެ. އެއީ ދަރިފުޅު ތަޤްވާވެރިވެ އަޅުކަންކުރާތަން ފެނުމުގެ އުފަލެވެ. އެހެން ހުރިހާ ކަންކަން ބަހައްޓާފައިވެސް މި ރަމަޟާން މަހު މަންމައަށް އެއުފާވެރިކަން ހޯދައިދީބަލާށެވެ! ދެން މަންމަ މާގިނަ ދުވަހަކު ދުނިޔޭގައި އިންނާނެހެނެއް ހިއެއް ނުވެއެވެ. މަރުވުމުގެކުރިން އެއުފާކޮޅު ދީފިނަމަ ދަރިފުޅަކީ މަންމައަށް ހާދަ ރަނގަޅު ކުއްޖެއްގެ ގޮތުގައި ﷲ ތަޢާލާ ލިޔުއްވަވާނެތެވެ! އިން ޝާ ﷲ" 

ކޮންމެއަކަސް މަންމަގެ އާދޭހަކުން ދަރިފުޅަށް އަސަރެއް ނުކުރެއެވެ. ހަފްތާއެއް ފާއިތުވީއެވެ. 10 ދުވަސް ފާއިތުވީއެވެ. 15 ވަނަ ދުވަހު ހެނދުނު ކުދިންނަށް ހޭލެވުނުއިރު ޒައިނަބްގެ ފުރާނަވަނީ ހަށިގަނޑު ދޫކޮށް ގޮސްފައެވެ. 

ޑްރެސިންގ ޓޭބަލް މޭޒުމަތީގައި އޮތީ ކަރުދާސްކޮޅެކެވެ. "މަންމަ ވަރަށް ލޯބިވާ ދަރިފުޅާ އިލްހާމްއެވެ! ދަރިފުޅޫ މަންމައަށް މިދުނޔޭގައި ވަރަށް ގިނަ ޚިދުމަތްކޮށްދީފީމުއެވެ. މަންމައަށްޓަކައި ވަގުތުވެސް ހޭދަކޮށްފީމުއެވެ. އަދި އަތުން ފައިސާވެސް ޚަރަދުކޮށްފީމެވެ. އެކަންކަމުގެ ހެޔޮ ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދަރިފުޅަށް ދެއްވަވާނެތެވެ! އިން ޝާ ﷲ

ދަރިފުޅުގެ މާމަ، މިމަންމަ ގާތު ވަރަށް ގިނައިން ބުނި ވާހަކައެކެވެ. "ދަރިފުޅާއެވެ! ސުވަރުގެ ލިބުންވަނީ މައިމީހާގެ ފައިތިލަދަށުންކަމަށް ބުނެވޭ ބަހުގެ މާނަ އޮޅުވައިނުލާށެވެ! މަންމައަކަށް ކިތަންމެވަރަކަށް ޚިދުމަތްކުރިނަމަވެސް އެކަމުގެ އަގަކަށް ސުވަރުގެ ނުވައްދަވާނެއެވެ! ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާއަށް އަޅުކަންކުރުމުންނެވެ. ހެޔޮ ޢަމަލުތައްކުރުމުންނެވެ. ޚާއްޞަކޮށް ނަމާދާއި ދީނުގެ އެހެން ފަރުޟުތަކަށްވެސް ރައްކއުތެރިވެގެންނެވެ. 

އަދިވެސް ބުނެއެވެ. ދަރިފުޅާއެވެ. މިބާވަތުގެ ވާހަދެއްކީމާ ދެރަ ނުވާށެވެ! ހަމައެކަނި މަންމައަށް ހެޔޮކޮށްހިތައިގެން ސުވަރުގެ ވައްދަވާނަމަ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ މައިންބަފައިންނަށް ހެޔޮކޮށްހިތި މީހުންގެ ނޫންހެއްޔެވެ؟ އެހެނެއްކަމަކު ފުރަތަަ ހިސާބު ބައްލަވަނީ ނަމާދުގެ ނޫންހެއްޔެވެ؟ ވީމާ މަންމަގެ ކަންކަން ބަހައްޓާފައިވެސް ނަމާދުކުރާށެވެ!

މިކަންކަން ދަރިފުޅަށް ވިސްނައިދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްފީމެވެ. އާދޭސްކޮށް ސަލާން ޖަހައިފީމެވެ. މި ރަމަޟާންމަސް ގާތްވެގެން އައިއިރު އިތުރަށްވެސް އާދޭސްކުރީމެވެ. މަންމަގެ އުމުރުހަމަވުމުން މަންމައަށްވެސް މިޖެހެނީ ހުރިހާ ދަރިންނާއިވެސް ވަކިވާށެވެ! އިލްހާމް ނޫން ހުރިހާ ކުދިން ގާތު ބުނެލަން އޮތީ ކޮންމެ ދުވަހަކީވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ ދުވަހަކަށް ހެދުމަށެވެ. އަދި މަންމަ ނެތްދުނިޔޭގައިވެސް އެކުވެރިކަން ދަމަހައްޓައި އަޅުކަންކުރުމުގައި ސާބިތުވުމަށެވެ. 

އިލްހާމަށް ބުނެލަންއޮތީ މަންމައާއި ބައްޕައާއި އަދި ދެންތިބި ކުދިންނާއި ސުވަރުގެއިން ބައްދަލުކުރަން ބޭނުންނަމަ ތަޤްވާވެރިވެ ނަމާދުކުރާ ދަރިއަކަށްވާށެވެ. އެހެންކުދިން ނަމޫނާއަކަށްބަލާށެވެ! މަންމަގެ ދެފައިތިލައަށް އެއްވެސް ބާރެއް ލިބިގެންވާނަމަ ހުރިހާ ދަރިންވެސް ސުވަރުގެ ވައްދާނަމެވެ. ނަމަވެސް އެދުވަހުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ސުވަރުގެ ވައްދަވާނީ މަންމަ ބޭނުން ބައެއް ނޫނެވެ! އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންނެވެ! ވީމާ ދެންވެސް އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ!

ސުވަރުގެއިން ހުރިހާ ދަރިންނާ ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ،

ވައްސަލާމް

އަބަދުވެސް ހުރިހާ ދަރިންދެކެވެސް އެންމެ ލޯބިވާ މަންމަ—

- ސާލިމްޚާން ފައިޞަލްއާބާދު/ޕާކިސްތާން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


36%
ވ.ރަނގަޅު
5%
ރަނގަޅު
21%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް