އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ސުވަރުގެ ދެއްވެވުމަށް އެދި ދުޢާކުރުމުގެ ބަދަލުގަ މިފަދައިން ދުޢާކުރާށެވެ!: މުފްތީ މެންކް

ހަމައެކަނި ސުވަރުގެ ދެއްވެވުމަށް އެދި ދުޢާކުރުމުގެ ބަދަލުގަ މިފަދައިން ދުޢާކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ކުރިއަށްދާއިރު އެންމެ ގިނައިން ކުރެވޭ ދުޢާއަކީ ސުވަރުގެ ދެއްވެވުން އެދި ކުރާދުޢާއެވެ. ޙަޤީޤަތުގައި އެވަރަކުން އަދި ނުފުދެއެވެ. އެއަށްވުރެ މާމަތިން އެބަ އެދެންޖެހެއެވެ. 

އެއީ ޖަންނަތުލްފިރުދައުސް ދެއްވެވުމެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އާއި އެންމެ އަރިއަހުގައި ލައްވަވައިދެއްވެވުމެވެ. 

މިދުޢާއަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކަށް ހަދައިގެން ފައިދާއެއް ނުކުރާނެއެވެ. ޖަންނަތުލްފިރުދައުސް ދެއްވެވުމަށާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އާއި އެންމެ އަރިއަހުގައި ލައްވަވައިދެއްވެވުމަށް އެދޭ މީހާ ޤުރްއާނަށް ޢަމަލުކުރަން އެބަޖެހެއެވެ. ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރަންއެބަޖެހެއެވެ.  

ﷲ ތަޢާލާ އާއި ރަސޫލް ﷺ ދެކެ ލޯބިވުމަކީއެއީއެވެ. ޖަންނަތުލްފިރުދައުސް ދެއްވެވުމަށާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އާއި އެންމެ އަރިއަހުގައި ލައްވަވައިދެއްވެވުމަށް އެދޭ މީހާއަކީ ﷲ ތަޢާލާ އަށާއި ރަސޫލް ދެކެ ފފުރިހަމައަށް ލޯބިވާ މީހަކަށްވާންޖެހޭނެއެވެ. ލޯބިވުމަކީ ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރުމެވެ. 

ވީމާ ދުޢާކުރަމުން ގެންދާއިރު ތިބާގެ ކިބައިގައިހުރި އިޞްލާޙްކުރަންޖެހޭ ޢަމަލުތައް އިޞްލާޙްކުރާށެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރާ މީހަކަށްވާށެވެ! ޢަމަލުން އެކަންކަން ކުރަމުން ދުޢާކުރާށެވެ! ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
13%
ރަނގަޅު
18%
އޯކޭ
46%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް