އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިލަތުލްޤަދްރިވިލޭރެއަކީ ކޮންރެއެއްކަން ޙޯދަން އުޅުމަކީ މީހާ ފޭލްވެދާނެ ބިރުހުރި ކަމެއް!

ލައިލަތުލްޤަދްރިވިލޭރެއަކީ ކޮންރެއެއްކަން ޙޯދަން އުޅުމަކީ މީހާ ފޭލްވެދާނެ ބިރުހުރި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ބޭނުވެގެން އުޅެނީ ލައިލަތުލްޤަދްރިވިލޭރެއަކީ ކޮން ރެއެއްކަން އެނގުމަށެވެ. އެއްރެއިން ހުރިހާ މޮޅެއް ލިބިގަންނަން ބޭނުންވާ މީހުންނެވެ. އެންމެ ރެއެއްގެ މަސައްކަތުން ސުވަރުގެ ވަންނަން ބޭނުންވާ މީހުންނެވެ. 

ޙަޤީޤަތުގައި އެރެއަކީ ކޮން ރެއެއްކަން ހޯދަން ބޭނުންވާމީހުންނަކީ އެންމެ ރެއަކު އަޅުކަންކޮށްފައި ނިންމާލަން ބޭނުންވާ މީހުންނެވެ. އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެ ރޭ ސިއްރުކުރެއްވެވުމުގެ ޙިކުމަތްފުޅަކީ ގިނަ ރޭ ތަކެއްގައި މަސައްކަތްކޮށް އެ ރޭ ޙާޞިލުކުރުމެވެ. 

ރަސޫލް ﷺ ގެ ޙަދީޘްފުޅަށް ބަލާށެވެ! އޮތީ ލައިލަތުލްޤަދްރި ވިލޭރޭ ހޯދައިގެން އެރޭ އަޅުކަންކުރުމެއް ނޫނެވެ. ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާ ދަރުމަ ލިބިގަންނަން ފަހުދިހައިގައި ޚާއްޞަކޮށް އޮނަހިރި ރޭތަކުގައި އިތުރަށް މަސައްކަތްކުރުމަށެވެ. 

އެއީ ކޮން ރެއެއްކަން ހޯދޭނީވެސް ކިހިނަކުންހެއްޔެވެ؟ މިދިއަ އަހަރުގެ އެރެއަކީ 25 ވިލޭރޭ ކަމަށްވެފައި މިއަހަރު 23 ކަމަށްވެސް ވެދާނެއެވެ. ނުވަތަ 27، 29 ކަމުގައިވެސް ވެދާނެއެވެ. 

މިހާރު މިވަނީ މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހަ ފެށި މެދަށް ގޮސްފައެވެ. މިރެއަކީ 25 ވިލޭރެއެވެ. ދެން ބާކީ އޮންނާނީ 5 ވަރަކަށް ރެއެވެ. ކުރަން އޮތް ކަމަކީ ހަމަ އިތުރަށް ހީވާގިވެލުމެވެ! 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް