އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިންގެ އަމިއްލަ ބޭނުންތައް ފުއްދާކަން ކަށަވަރުކޮށްބަލަ! ދެމަފިރިންގެމެދުގަ ލޯބިއިތުރުވެ ގުޅުން ބަދަހިވާނެ! އިން ޝާ ﷲ

އަނބިންގެ އަމިއްލަ ބޭނުންތައް ފުއްދާކަން ކަށަވަރުކޮށްބަލަ! ދެމަފިރިންގެމެދުގަ ލޯބިއިތުރުވެ ގުޅުން ބަދަހިވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ކޮންމެ އަންތބަކީ ގޭގެ ޚަރަދަށް ދޭ ފައިސާއިން އެމީހުންނަށް ހުއްދަ ނުދޭނަމަ އަމިއްލަ ބޭނުންތައް ކުރާނެ އަންހެނެއް ނޫނެވެ. އަދި ހަމަ ވަރަށް ގިނަ އަންހެނުންނަކީ އެމީހުންގެ ބޭނުންތަކަށް އެދި އާދޭސްވެސް ކުރާނެ ބައެއް ނޫނެވެ. 

މިކަމަށް ފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ޙައްލު އޮތީ ދެ ގޮތަކުންނެވެ. ފުރަތަމަ ގޮތަކީ އަނބިމީހާ އާއި ފައިސާ ޙަވާލުކުރުމަށްފަހު އޭނާގެ ބޭނުންތައް ފުއްދަން ބުނުމެވެ. އެހެން ބުނިނަމަވެސް ނުފުއްދައި ތިބޭ އަންހެނުން ވެސް މަދެއް ނޫނެވެ. ވީމާ ޢާންމުކޮށް އަނބިމީހާ ހުރީ އޭނާއަށް ޢާންމުކޮށް ބޭނުންވާނެކަންކަން ފުރިހަމަކޮށްގެންތޯ ބަލަންވާނެއެވެ. 

ދެވަނަ ގޮތަކީ އަނބިމީހާއަށް މަހަކު ޢާންމުކޮށް ބޭނުންވާނެކަމަށް ލަފާކުރެވޭ އަދަދު ޕޮކެޓްމަނީގެ ގޮތުގައި ދިނުމެވެ. އަދި ތަނަވަސްކަން ހުރިނަމަ ދިން ފައިސާއިން އެމަހު ފުދުނުތޯވެސް ސުވާލުކޮށްލަންވާނެއެވެ. 

މިބާވަތުގެ ކަންކަމަށް ގިނަ އަދަދެއްގެ ފިރިން ވަރަށް ބޮޑަށް އިހްމާލްވެއެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދަނީ ފިރިމީހާ އާއިމެދު ނުބައި ގޮތްގޮތަށް ވިސްނެން ފެށުމެވެ. ގިނަފަހަރަށް މިފަދަ ކަންކަމަށް ސަމާލުކަން ނުދިނުމުން އަނބިމީހާއަށް ޤާބޫލުކުރެވެނީ ފިރިމީހާ އޭނާ ދެކެ ލޯބިނުވަނީ ކަމަށެވެ. ފަރުވާކުޑަކުރަނީ ކަމަށެވެ. ނަމަވެސް ފަހަރެއްގައި އެކަން މެދުވެރިވަނީ ލޯބިނުވާތީ ނޫންކަމަށްވެސް ވެދާނެއެވެ. ގިނަފަހަރަށް އޮންނަނީ ހަމަ ފަރުވާ ކުޑަކުރެވިފައެވެ. 

މިހުންނަނީ ވަރަށް އާދައިގެ ކަންކަން ނަމަވެސް އެކަންކަމަށް ސަމާލުކަން ދިނުމުން މުޅި ދިރިއުޅުން އުޖާލާ ކުރުވޭނެ ކަންކަމެވެ. ވީމާ ވަގުތު ފާއިތުވިއަނުދީ މިފަދަކަންކަމަށް ސަމާލުކަންދޭށެވެ. ކާމިޔާބީ ފެންނާނެއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް