އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑުގެ މިޙާލަތުގަވެސް ޔަޤީންކުރަންވީ ޝައިޚް ޢަލީ ޒާހިރުގެ މި ބަސްފުޅު!

ކޮވިޑުގެ މިޙާލަތުގަވެސް ޔަޤީންކުރަންވީ ޝައިޚް ޢަލީ ޒާހިރުގެ މި ބަސްފުޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ކޮވިޑުގެ ނުރައްކައުތެރިކަން ރާއްޖެއަށް މިހައި ބޮޑަށް ފެތުރި ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ މިވަގުތުގައިވެސް ޔަޤީންކުރަންވީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ މިބަސްފުޅެވެ. 

"އުނދަގޫތައް ފަސޭހައަށް ބަދަލުކުރައްވަވައި، ނުވާނެ ކަމަށް ބެލެވޭ ކަންކަން ވާނެ ގޮތް މެދުވެރި ކުރައްވަވަނީ ހަމައެކަނި ﷲ އެވެ. ﷲ އަށް ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވެއެވެ." 

މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދް ޤާސިމް މީގެ 2 އަހަރުކުރިން ވިދާޅުވެފައިވާ ބަސްކޮޅެކެވެ. 

ކޮވިޑުގެ މިޙާލަތުގައިވެސް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. ޙާލަތު ބަދަލުކުރައްވަވައި ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. 

ދުނިޔޭގެ ބޮޑެތި ބައެއް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ކޮވިޑް ގެނެސްދިން މެސެޖް އަދިވެސް ގިނަ ބައަކަށް ބަލައިގަނެވިފައިނުވާ ކަމަށެވެ. ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމުގައި ގިނަބައަކު ވަރަށް ބޮޑުތަނުން އިހްމާލްވަމުން އަންނަ ކަމަށެވެ. އެހެންކަމުން ކޮވިޑުގެ ޙާލަތުން އަރައިގަތުމަށްޓަކައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން އަވަސްވެގަތުން ވަރަށް މުހިންމު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް