އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެހުނު ބަލި ފިރިމީހާއަށް ފެނުމުން އަނބިމީހާ ދެރަވާތީ އަނބިމީހާ މަރުވަންދެން ކަނު މީހަކަށް ހެދިގެން އުޅުނު މީހެއްގެ ވާހަކަ!

ޖެހުނު ބަލި ފިރިމީހާއަށް ފެނުމުން އަނބިމީހާ ދެރަވާތީ އަނބިމީހާ މަރުވަންދެން ކަނު މީހަކަށް ހެދިގެން އުޅުނު މީހެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

މިރޭ މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އަހަރެންފަަދަ އުސްތާޛެއްކަމުގައިވާ ޗައިޚް ވައްހާޖް ޠަރިން ވިދާޅުވެދެއްވި ވާހަކައެކެވެ. އެހެންކަމުން މިކިޔައިދެނީ ޝައިޚް ވިދާޅުވި ގޮތަށެވެ. 

ވާހަކަފެށުމުގެ ކުރިން އެންމެކަމެއް ފާހަގަކޮށްލާނަމެވެ. މިއަދު އަހަރެމެންގެ ތެރެއިން ގިނަބައަކު މިބަލަނީ ބައިވެރިޔާއަށް ބައްޔެއްޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އަވަހަށް އެމީހެއްގެ ކިބައިން ސަލާމަތްވުމަށެވެ. ބަސްތައް ބުނެއުޅެނީ އަނެކާއަށް ކޮށްފާނެ އަސަރަށް ބަލައިލުމެއްވެސް ނެތިއެވެ. 

މިފަދަ ވިސްނުމުގެ މީހުންނަށް މިވާހަކައިން ވަރަށް ބޮޑު ޢިބްރަތެއް ލިބިގެންދާނެއެވެ. މިކިޔައިދެނީއެވެ. ރަނގަޅަށް އަޑުއަހާށެވެ! 

އެއް ޙަދީޘްފުޅެއްގައި އޮންނަނީ މީސްތަކުންގެ ތެރެއިން އެންމެ މަތިވެރި މީހަކީ ކީރިތި ޤްރްއާން އުނގަންނައިދޭ މީހާ ކަމަށެވެ. އެހެންކަމުން އެ މަތިވެރިކަން ޙާޞިލުކުރެއްވުމަށްޓަކައި މެދުނުކެނޑި 40 އަހަރު ވަންދެން ކީރިތި ޤްރްއާން އުނގަންނަވައި ދެއްވެވި ބޭކަލުން އެބަތިއްބެވިއެވެ. 

ދެވަނަ ޙަދީޘްފުޅުގައި އޮތީ އެންމެ މަތިވެރި މީހަކީ އެމީހާގެ އަނބިންނަށް އެންމެ ހެޔޮ މީހާ ކަމަށެވެ. އެހެންކަމުން މިކިޔައިދެނީ އެ މަތިވެރިކަން ޙާޞިލުކުރުމުގެ ބޭނުމުގައި އަނބިމީހާ މަރުވަންދެން ކަނު މީހަކަށް ހެދިގެން އުޅުއްވި ބޭކަލެއްގެ ވާހަކައެވެ. 

ކައިވެނި ކުރައްވައިގެން ނުހަނު އުފަލުގައި އުޅުއްވަނިކޮށް އަނބިކަނބަލުންގެ ހަމުގައި ލައްތަކެއް ޖަހަން ފެށީއެވެ. އެކަން ފިރިކަލުންނަށް އަންގާކަށް އަނބި ކަނބަލުން ބޭނުމެއް ނުވިއެވެ. އެހެންކަމުން ފިރިކަލުންނާއި ބައްދަލުވެއްޖެނަމަ އަބަދުހެން އުޅެނީ ހަށިގަނޑުގެ ތަންތަން ފޮރުވޭތޯއެވެ. 

މިކަން އެބޭކަލަކަށްވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އަނބިކަނބަލުން އެކަމާއި އެވަރަށް ދެރަވެގެން އުޅޭތީއެވެ. އެދެރަ ވުމުން އަނބި ކަނބަލުން ސަލާމަތް ކުރެއްވުމަށްޓަކައި ވިސްނަވަމުން ގެންދެވިއެވެ. 

އެއް ދުވަހަކު މެންދުރު ގެއަށް ވަޑައިގެން ވިދާޅުވީ ކުއްލިއަކަށް ލޮލުގެ ފެނުން ގެއްލިއްޖެ ކަމަށެވެ. އެދުވަހުން ފެށިގެން އަނބިކަނބަލުން ނިޔާވަންދެން އުޅުއްވީ ކަނު ބޭކަލެއްގެ ގޮތުގައެވެ. އެންމެންނަށްވެސް ޤަބޫލުކުރެވިފައި އޮތީ ހަމަ ކަނުވީ ކަމަށެވެ.  

އަނބިކަނބަލުން ނިޔާވުމުން ލޮލަށް ފެންނަ މީހަކު ފަދައިން އުޅުއްވަން ފެށްޓެވުމުން އެންމެންނަށްވެސް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މިއީ ކިހިނެއް މެދުވެރިވި ކަމެއްތޯ މީސްތަކުން ސުވާލުކުރަން ފެށުމުން ވިދާޅުވިއެވެ. 

"އަނބިމިހާއަށް ހަމުގެ ބައްޔެއް ޖެހުނީއެވެ. އެކަން އަހަރެންނަށް އެނގިދާނެތީ އޭނާ އަބަދު އުޅެނީ ދެރަވެގެންނެވެ. އޭނާ ދެރަވާތަން ދެކެން ބޭނުމެއް ނޫނެވެ. ބޭނުމީ އަބަދުވެސް އަނބި މީހާ ހިތްހަމަ ޖައްސއިދީފައި ބަހައްޓާށެވެ. އަހަރެން ކަނު މީހަކަށް ހެދުނީމާ އެބަލި އަހަރެންނަށް ފެނިދާނެތީ އެނާ ދެރައެއް ނުވާނެ ނޫން ހެއްޔެވެ؟ އެހެންވެ ކަނު މީހަކަށް ހެދިގެން އުޅުނީއެވެ." 

ވިސްނައިލާށެވެ. މިހިރީ 2 ވަނަ ޙަދީޘްފުޅުގައިވާފަދަ އަނބިންނަށް އެންމެ ހެޔޮމީހަކަށްވެލެއްވުމަށް މާތް ބޭކަލުން އުފުއްލަވާފައިވާ ބޮޑެތި ތަކްލީފްތަކެވެ. އަހަރެމެންނަށް މިއަދު މިއުޅެވެނީ ކިހިނަކުން ހެއްޔެވެ؟ އަނބިންނަށް ހެޔޮކޮށް ހިތޭހެއްޔެވެ؟ ކުދިކުދި ކަންކަމާ ޚިޔާލު ތަފާތުވެ ދެމަފިރިން ވަރިވާއިރު ދަރިންނަށް މިދެވެނީ ކިހައިވަރެއްގެ ބޮޑު އަނިޔާއެއްކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ޙަދީޘްފުޅުގައިވާ އެންމެ މަތިވެރި މީހާއަށް ވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވަމުން މިދަނީ  އެންމެ ބޮޑު އަނިޔާވެރިޔާއަށް ނޫން ހެއްޔެވެ؟ 

މިއީ އިޞްލާޙްކުރަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް