އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެންސަރު ޖެހިފައިވާކަމަށް ޑރ. ގޫގްލްސް ބުނުމުން ޑޮކްޓަރަށް ދެއްކި އިރު ޑރ. ގޫގްލްސް ބުނި ގުނަވަން އަންހެނުންގެ އިންނަ ކަމަކަށް ނުވި!

ކެންސަރު ޖެހިފައިވާކަމަށް ޑރ. ގޫގްލްސް ބުނުމުން ޑޮކްޓަރަށް ދެއްކި އިރު ޑރ. ގޫގްލްސް ބުނި ގުނަވަން އަންހެނުންގެ އިންނަ ކަމަކަށް ނުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

32 އަހަރުގެ އަންހެނަކު ބަނޑުގައި ރިއްސާތާ 2،3 ދުވަސްވުމުން އޭނާގެ އާދައިގެމަތިން ފުރަތަމަ ކަމެއްގެ ގޮތުން ހޯދީ ޑރ. ގޫގްލްސްގެ މަޝްވަރާއެވެ. ހުރިއުނދަގޫތައް ބަޔާންކޮށްލާއިރަށް ޖެހިފައިވާ ކުރަންވީ ފަރުވާވެސް ބުނެފިއެވެ. އެންމެ ރަނގަޅު ފެންވަރުގައި ފަރުވާދޭނެ ހޮސްޕިޓަލާއި އެންމެ މޮޅު ޑޮކްޓަރުންވެސް ކިޔައިދީފިއެވެ. 

އަންހެންމީހާ އަވަސް އަވަހަށް ޑޮކްޓަރަށް އެޕޮއިންމަންޓް ހަދައިގެން ދެއްކުނީ އަނެއްދުވަހުއެވެ. ދެއްކުމުން ފުރަތަމަ ކަމެއްގެ ގޮތުން އޭނާގެ އެއްވެސް ގުނަވަނެއްގައި ކެންސަރުގެ އަސަރު ހުރިކަން ބެލުމަށް ޓޭސްޓްތައް ހެދިއެވެ. 

ނަތީޖާ ލިބުމުން ޑޮކްޓަރު ބުންޏެވެ. "ތިބާގެ އެއްވެސް ގުނަވަނަކު ކެންސަރުގެ އެއްވެސް އަސަރެއް ނުވަތަ ޢަލާމާތެއްވެސް ނެތެވެ. އަދި ޑރ. ގޫގްލްސް ތިއަބުނާ ގުނަވަނަށް ކެންސަރުޖެހޭނީ އެގުނަވަން އިނދެގެން ނޫންހެއްޔެވެ؟ ފިރިހިނެއްގެ ގާތު އޭނާގެ ރަހިމަށް ކެންސަރުޖެހިފައިވާކަމަށް ބުނީމާ ޤަބޫލުކުރެވޭނެ ހެއްޔެވެ؟ މިފަހަރު ތިއަ މެދުވެރިވީ އެކަހަލަ ކަމެކެވެ." 

މިއީ ހަމަ ދާދިފަހުން އެންމެ ކުރިއަރާފައިވާ އިނގިރޭސިވިލާތުގައި ހިނގާފައިވާ ކަމެކެވެ. ޞިއްޙީ މައުލޫމާތު ގޫގްލްސް އިން ހޯދިނަމަވެސް މުހިންމު ކަންކަމުގައި ތަޖުރިބާކާރު ޑޮކްޓަރުންނާ މަޝްވަރާ ނުކޮށް ޤަބޫލުކުރާނަމަ މިފަދަ ގޮތްތައް މެދުވެރިވުން ގާތެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ