އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާފިޔުގަ ދެމަފިރިންގެ ލޯބި އާސްމާނަށް އުފުލައި ބޮޑުތަނުން ﷲ ތަޢާލާ އާ ކުއްތަންވުމުގެ ފުރުޞަތު ފަހިކުރަން ކުރަން އޮތް ކަންތައް!

ކާފިޔުގަ ދެމަފިރިންގެ ލޯބި އާސްމާނަށް އުފުލައި ބޮޑުތަނުން ﷲ ތަޢާލާ އާ ކުއްތަންވުމުގެ ފުރުޞަތު ފަހިކުރަން ކުރަން އޮތް ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އަނެއްކާވެސް މިލިބުނީ އަވަހަށް ނިދައި ފަތިހު ހޭލަން ތަމްރީނުވުމަށް ދެއްވެވި ވަރަށް މަތިވެރި ފުރުޞަތެކެވެ. މާލެ ސިޓީގައި މިވަނީ ހަވީރު 4 އިން ފަތިހު 4 އަށް ކާފިޔު ހިނަގައިފައެވެ. މިފަދަ ކޮންމެ ކަމަކުންވެސް ލިބިގަނެވޭނެ ފައިދާތަކެއްވެސް ހުންނާނެއެވެ. 

އެގޮތުން ބަލާއިރު އަނެއްކާވެސް ލިބިގެން މިދިއައީ ދެމަފިރިން ނަމަވެސް އަދި އެންމެންނަށް ވެސް ޢިޝާ ނަމާދަށްފަހު ވީހައި އަވަހަކަށް ނިދައި ފަތިހު ހޭލަން ތަމްރީނުވުމުގެ ފުރުޞަތެވެ. 

މީސްތަކުންނޭވެ! ދެއްވެވި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާށެވެ! އަހަރެމެންގެ ތެރެއިން ގެއްލިފައިވާ މުހިންމު އާދަ އަލުން އަނބުރާ އިޢާދަކޮށްލަމާ ހިނގާށެވެ! 

އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ސަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ. 

ޙަޤީޤަތަށް ބުރަވާ ކޮންމެ މީހަކަށްވެސް ބުނަން ޖެހޭނީ ދެމަފިރިން އެކުގައި ނިދުމަކީ ލޯބިއިތުރުވެ ޖެހޭ މައްސަލަތައް މަދުވެގެންދާ ކަމެއްކަމަށެވެ. ހަމައެފަދައިން ދިރިއުޅުން ބާއްޖަވެރިކުރެވޭނީ ފަތިހު ހޭލައި ފަތިސް ނަމާދުން ދުވަސްފަށައިގެން ކަމަށެވެ. ފަތިހު ހޭލަން އެންމެ މުހިންމީ އަވަހަށް ނިދުމެވެ. 

ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް އަވަހަށް ނިދާބައަކަށްވާނެ އެބަޖެހެއެވެ. ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު