އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ފުރާނައަށް އެންމެ ސަމާލުކަން ކުޑަ، ވެރިކަމަށާ ދީނަށް އެންމެ އިސްކަންދޭ ލީޑަރަކަށް ދުނިޔެއިން ބޮޑުވަޒީރު މޯދީ ހޮވައިފި!

ރައްޔިތުންގެ ފުރާނައަށް އެންމެ ސަމާލުކަން ކުޑަ، ވެރިކަމަށާ ދީނަށް އެންމެ އިސްކަންދޭ ލީޑަރަކަށް ދުނިޔެއިން ބޮޑުވަޒީރު މޯދީ ހޮވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ކޮވިޑުގެ ޙާލަތާއި ގުޅިގެން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުމުގައި ދުނިޔޭގެ އެންމެ ފަރުވާކުޑަ ލީޑަރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮވައިފިއެވެ. އަދި މޯދީއަށް އަރުވާފައިވަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަން ލިބުނު ފުރުޞަތުގެ ބޭނުން އެކަމަށް ނުހިފައި އިންތިޚާބުތައް ބޭއްވުމަށާއި ހިންދޫ ދީން ކުރިއަރުވަން މަސައްކަތްކުރިކަމުގެ ޝަރަފުވެރި އެވޯޑެވެ! 

މޯދީ އަމަލުކުރެއްވި ގޮތުން ދުނިޔޭގެ ކޮރޯނާ ހިޓްޗާޓުގެ ދެވަނަ މިހާރު އޮތީ އިންޑިއާއަށެވެ. އެއްވަނައިގައި އެމެރިކާއެވެ. އިންޑިއާއަށް ޗާޓުން ދެވަަނަ ލިބުނީ ބްރެޒިލަށްވުރެވެސް ބަލިޖެހުނު މީހުންގެ އަދަދު ގިނަވުމުންނެވެ. 

އެއްވަނައިގައި އޮތް އެމެރިކާ 33 މިލިއަނަގައި އޮތް އިރު އިންޑިއާ އޮތީ 25 މިލިއަންގައެވެ. އެއީ 8 މިލިއަންގެ ތަފާތެކެވެ. 3 ވަނަގައި އޮތް ބްރެޒިލް އޮތީ 15 މިލިއަންގައެވެ. 4 ވަނައިގައި އޮތް ފްރާންސް އޮތީ 5 މިލިއަންގައެވެ. 

އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓެން ނުއެދި މިއަދުނޫހުގައި ލިޔަމުން ގެންދާތީ ސުވާލު އުފައްދާ، ރާއްޖެ އަޅުވެތިކުރަން ތާއީދުކުރާ މީހުން ތިރީގައިވާ ލިންކުތަކުން ޚަބަރު އިތުރަށް ކިޔައިލުން ރަނގަޅުވާނެއެވެ!ސ

އިތުރު މައުލޫމާތަށްޓަކާ:

ދުނިޔޭގެ ކޮރޯނާ ޗާޓް:

https://www.worldometers.info/coronavirus/

ބްލޫމްބަރގް:

https://www.bloombergquint.com/coronavirus-outbreak/world-s-biggest-covid-19-crisis-threatens-modi-s-grip-on-india

ޓައިމްސް އޮފް އިންޑިއާ:

https://timesofindia.indiatimes.com/world/us/worlds-worst-pandemic-leaders-5-presidents-and-prime-ministers-who-badly-mishandled-covid-19/articleshow/82740554.cms

ޓައިމް މެގަޒިން: 

https://time.com/5957118/india-covid-19-modi/

ތިލަދުން: 

https://thiladhun.com/62877

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ