އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ ނިކަމެތިކަމުގެ ޖަޒާއަކަށްވާންޖެހޭނީ މިނިކަމެތި ޙާލުގަ ޢުމުރު ހުސްކުރަންޖެހުންތޯއެވެ؟

ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ ނިކަމެތިކަމުގެ ޖަޒާއަކަށްވާންޖެހޭނީ މިނިކަމެތި ޙާލުގަ ޢުމުރު ހުސްކުރަންޖެހުންތޯއެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

އަޅުގަނޑުގެ ފިރިމީހާ މަސައްކަތުން ނިމިގެން ގެއަށް އައިސް ވަންނާނީ މޫނުކުނިކޮށްގެން ހުރެއެވެ، ގެއަށް ވަނުމާއިއެކު އެއްޗެތި ބަދަލުކޮށްގެން އައިސް އިށީންނާނީ ސިޓިންގ ރޫމްގައި ޓީވީ ބަލާށެވެ! ނުވަތަ ފޯނާއި ކުޅޭށެވެ! 

އެހިސާބުން ޢާއިލާ އާއި ގުޅުން ކެނޑިގެންދާނެއެވެ. ވާހަކަ ނުދައްކާތަނުގައި ސުވާލެއްކުރި ނަމަވެސް ގިނަ ފަހަރު ދޭނީ ނުވެސް ގުޅޭ ޖަވާބެކެވެ. 

މިހެންމިކަންކަންވަމުން އައިސް ކެތްނުކުރެވޭވަރުވުމުން އަޅުގަނޑުވެސް ރުޅިގަދަވާން ފެށިއެވެ. ކައިވެނިކޮށްގެން މިއުޅެނީ ކޮންބޭނުމަކުތޯ ސުވާލު އުފެދެން ފެށިއެވެ. ލިބިފައިވާ ދެ ދަރިން މިފަދަ ބައްޕައެއްގެ ބެލުމުގެދަށުން ތަރުބިއްޔަތުކުރާނެ ގޮތަކާއިމެދު ކަންބޮޑުވާން ފެށިއެވެ. 

އެއްދުވަހު އެގޮތަށް ޓީވީ ބަލަން އިންދައި ކައިރިއަށް ގޮސް ސުވާލެއް ކުރީމެވެ. "އަހަރެން މިއީ މިހާރު ކަލޭގެ އަންތބެއް ނޫން ދޯއެވެ؟ މީނީ ވަރިކޮށްފަދޯއެވެ؟" ޖަވާބުގައި ބުނީ "އާނ! ތީނީ ވަރިކޮށްފަ" ކަމަށެވެ. 

އެ ހިސާބުން އޭނާގެ ދެ ބޭބެ ގެނެސްފައި ކުރިން ބުނި ބަސް އެމީހުންގެ ހާޒިރުގައި ބުނަން އެދުނީމެވެ. ބޭބެމެން ފެނުމުން ފުންމައިގެން ތެދުވެފައި ކުރިން ބުނެވުނީ ކީކޭތޯ ސުވާލުކުރުމުން އަޅުގަނޑު ކުރި ސުވާލާއި ދިން ޖަވާބު ބުނީމެވެ. 

ފިރިމީހާއަށް ހޭވެރިކަމެއްވީ އެހިސާބުންނެވެ. ދެން ޤާޟީއަކާއި މަޝްވަރާކުރުމުން ބުނުއްވީ އެބަސް ބުނެވިފައި އެވަނީ ވަރިކުރުމުގެ ޤަޞްދުގައި ކަމަށްނުވާތީ ކައިވެނި ނުރޫޅޭނެ ކަމަށެވެ. ކައިވެނި ހަމަ ޞައްޙަވާނެ ކަމަށެވެ. 

ސީރީޒް ބަލާތީ އާއި ހިލޭ ފިރިހެނުންނަށް ފޯނުކުރާތީ މަޝްހޫރުވެފައި އޮންނާނީ އަބަދުވެސް އަންހެނުންނެވެ. ނަމަވެސް ފިރިހެނުންގެ ޙާލަތު ހުންނަގޮތަކީވެސް މިއީއެވެ. 

ކިޔުންތެރިންނޭވެ! ކައިވެންޏަސް މިހާރު 7 އަހަރުފުރުނީއެވެ. މިނޫން ދުވަހެއް ނުދެކެވެ. ރޮއި އާދޭސްކުރުމުން އެއް ދުވަހު ކުޑަކުޑަ ސަމާލުކަމެއް ދީފިނަމަ 7 ދުވަހު ކަންކަންކުރާނީ ހަމަ ކުރިން ކުރާ ގޮތަށެވެ! 

ދެ ދަރިންވެސް އެއަންނަނީ ބޮޑުވަމުންނެވެ! މިކަމުގައި ވިސްނަވިސްނައި ގޮތް ހުސްވެއްޖެއެވެ. ކިޔުންތެރިންގެ ކިބައިން އަޅުގަނޑު އެދެނީ މިކަމުގައި ދެން ޢަމަލުކުރާނެ ރަނގަޅު ގޮތެއް ވިދާޅުވެދެއްވުމަށެވެ! އަނބީމީހާ ވަރިކުރެވޭއިރު ނުއެގޭ ފިރިއަކާއި އުޅެންޖެހިފައިމިވާ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ގޮތެއްގެ ޚިޔާލު ނިކަން ދެއްވަބައްލަވާށެވެ! 

އަޅުގަނޑަކީ ރާއްޖެތެރޭގެ އަންހެނަކީމެވެ. ރަށުގައިވެސް އަޅައިލާނެ މީހަކު ނެތް ނިކަމެތި އަންހެނަކީމެވެ. އެކަމުގެ ޖަޒާއަކަށްވާންޖެހޭނީ މިފަދަ ޙާލުގައި އުމުރު ހުސްކުރަން ޖެހުންތޯއެވެ؟ 

- ޝީނާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


15%
ވ.ރަނގަޅު
20%
ރަނގަޅު
26%
އޯކޭ
37%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް