އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަފްރަތުގެ ޢަމަލު ހިންގުން ކުށަކަށް ހަދާ ޤާނޫނު ފާސްކުރަން ހެޔޮ ނުވާނެ 3 ކަމެއް ޤާސިމް އިބްރާހީމް ފާހަގަކުރައްވައިފި

ނަފްރަތުގެ ޢަމަލު ހިންގުން ކުށަކަށް ހަދާ ޤާނޫނު ފާސްކުރަން ހެޔޮ ނުވާނެ 3 ކަމެއް ޤާސިމް އިބްރާހީމް ފާހަގަކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 31 ސިކުންތު

ނަފްރަތުގެ ޢަމަލު ހިންގުން ކުށަކަށް ހަދާ ޤާނޫނުން ފާސްކުރަން ހެޔޮ ނުވާނެ 3 ކަމެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު، މިހާރު ޢަމަލުކުރާ ފެހި ޤާނޫނު އަސާސީ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޤާސިމް އިބްރާހީމް ފާހަގަކުރައްވައިފިއެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ: 

ނަފްރަތުގެ ޢަމަލު ހިންގުން

124 (ހ) މިސުރުޚީގެ ދަށުން "އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ." 

1- އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން، ނުވަތަ 

2- އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުން. ނުވަތަ

3- އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން

"މި އިޞްލާޙް ޤާނޫނަށް ގެންނަން ދެކޮޅެވެ. މިއީ ޤާނޫނަށް ގެންނަން ހެޔޮވާވަރުގެ އިޞްލާޙެއް ނޫނެވެ. މިކަން މަޖިލީހުން ފާސްވިޔަ ނުދިނުމަށް އެޅެން އޮތް ހުރިހާ ބާރެއް ޤާނޫނުގެ ތެރެއިން އަޅައި ދެއްވުން ވަރަށް ބޮޑަށް އެދި ދެންނެވިން." ޤާސިމް

ޤާސިމް އިބްރާހީމް ވަނީ މިކަން މަޖިލީހުން ފާސްވިޔަ ނުދިނުމަށް އެޅެން އޮތް ހުރިހާ ބާރެއް ޤާނޫނުގެ ތެރެއިން އަޅައި ދެއްވުމަށް މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ފައުޅުގައި އިސްލާމް ދީނާއި ދެކޮޅުހަދައި ﷲ ތަޢާލާއަށާއި ރަސޫލްﷺ އަށް ފުރައްސާރަކޮށް ދީނުގެ ޙުކުމްތަކަށް ގޮންޖެހުން ފަދަ ކަންކަން ކުރުމުން އެމީހާ އެކުރަނީ އެފަދަ އަމަލުތަކެއްކަން ނުވަތަ އެމީހަކީ އެފަދަ ޢަމަލުތައް ކުރާ މީހަކު ކަމަށް ބުނުމުން ބުނާ މީހާ ކުށްވެރިވާނަމަ އެވައްޓައިލެވެނީ ވަރަށް ނުބައިކަންބޮޑު ކަންތައްތަކެއްގެ ތެރެއަށް ކަމަށެވެ. 

އަދި އިސްލާމް ދީނުގެ ޙިމާޔަތުގައި ބަސްބުނުމުގެ ޙައްޤު މުސްލިމުންނަށް ލިބެންޖެހޭނެ ކަމަށާއި އެކަން ހުއްޓުވައިފިނަމަ އުފެދޭ ހަސަދަވެރިކަން އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށެވެ. "މިހާރުވެސް މިފަދަ ނުބައިކަންބޮޑު އަމަލުތައް ކުރާ މީހުން މަދީތޯ؟ އެމީހުންނާއިމެދު އެޅެނީ ކޮން ފިޔަވަޅެއްތޯ؟ މިހާރު ހުރި ޤާނޫނުން އެޅެންހުރި ފިޔަވަޅުތައް އެބައަޅާތޯ؟ އެހާލަތުގައި ޤައުމުގެ ކަންކަން އޮއްވައި އަނެއްކާ މިދެވެނީ ފައުޅުގައި އިސްލާމް ދީނާއި ދެކޮޅު ހެދުމުގެ ބާރު! ޤާނޫނަކުން މިއުޅެނީ އެކަންކަން ކުރަން ހިތްވަރުދޭން ނޫންތޯ؟ މިއީ މިސަރުކާރަށްވެސް އަދި ދިވެހި ޤައުމަށްވެސް ތާއީދުކުރާ، ހެޔޮއެދޭ އެއްވެސް މީހަކު ރުހި ޤަބޫލުވާނެ ކަމެއް ނޫން!" 

ޤާސިމް އިބްރާހީމް ވިދާޅުވީ ކުރީގެ ޤާނޫނުލް ޢުޤޫބާތުގައިވެސް މިފަދަ މާއްދާއެއް އޮތް ކަމަށެވެ. "އެއީ މަޝްހޫރު 38 ވަނަ މާއްދާ! އެމާއްދާގަ އޮންނާނެ މީހަކު ކުރާ ކަމަކުން އެއްވެސް މީހެއްގެ ހިތުގަ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއިމެދު، އެމީހަކުކުރާ ކަމަކުން، ބުނާބަހަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ލިޔާ ލިޔުމަކުން ނަމަވެސް ނަފްރަތުކަން އުފައްދައިފި މީހާގެ އަދަބަކީ ހަނދާންވާގޮތުން 6 އަހަރާއި 12 އަހަރާއިދެމެދު މުއްދަތަށް އަރުވާލުން ނުވަތަ ޖަލަށްލުން ކަމަށް. 

އެޤާނޫނުގެ ދަށުން ޑަބަލް ޕެންޝަން ލިބިފައި ތިބި ޚިދުމަތްތެރިން ޖަލަށްލައި އަނިޔާކޮށް، ޖަލުގައި މަރުވެފައިވެސް އެބަހުރި. ދެން އަޅުގަނޑުމެން އިޞްލާޙަށް މަސައްކަތްކުރަން ނުކުތް މީހުން ވަރަށް ބުރަ މަސައްކަތުން އެ މާއްދާ އުވައިލީ އެތައް ފަހަރެއްގެމަތިން މަސައްކަތްކޮށްގެން. މިހާރު މިވަނީ މާގޯސް. އެއިރު އޮތީ ސަރުކާރުގެ ވާހަކަ. މިހާރު މި ދައްކަނީ ވަކި މީހުންގެ ވާހަކަ. މިހާރު މިއުޅެނީ ﷲ ތަޢާލާ އާއި ރަސޫލްﷺ އަށް މަލާމާތްކޮށް ފުރައްސާރަކުރާ މީޙުންނަށް ހިމާޔަތްދީ ޙައްޤުބަސް ބުނާ މީހުންނަށް އަދަބުދޭން! ހެޔޮވެދާނެތޯ މިވަރުގެ ނުބައިކަން ބޮޑު ކަމެއް ކުރަން.؟" 

"ދެންބައްލަވަ މިއޮތް މާއްދާއެއް! "އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން،" މި މާއްދާއަށް ފެތޭނެ ސެޓަނިކް ވަރަށް ލިޔުނު ސަލްމާން ރުޝްދީއާ މުސްލިމުން ނައްތާލަން އުޅޭ އިޒްރޭލުގެ ބޮޑުވަޒީރު ނަތަޔާންހޫ އާ ދިމާއަށް އޭނާއަކީ ކާފިރެކޭ ބުނި ނަމަވެސް. ކިތަންމެ ފައުޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނާއި ދެކޮޅުހަދާ މީހަކަށް އޭނާއަކީ ކާފިރެކޭ، ނޫނީ އޭނާ އެކުރަނީ ކާފިރުން ކުރާ ޢަމަލޭ ބުނި ނަމަވެސް އެވަނީ ކުށްވެރި!. އެމާއްދާގައި ނެތް އެންމެ ކުޑަމިނުން ކާފިރެއްކަން އެނގޭ މީހުންނަށް ކާފިރެކޭ ބުނުންވެސް އިސްތިސްނާ ކޮށްފައެއް. އެބުނަނީ ވަކި މީހަކީ... ވީމާ ސަލްމާން ރުޝްދީއަށްވެސް މިމާއްދާއިން ހިމާޔަތް އެބަދެވޭ!" 

ޤާސިމް އިބްރާހީމް ވިދާޅުވީ މީހުންގެ ޙައްޤުތަކަށް އަރައިގަނެ އަބުރަށް އަރައިގަނެ، ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންކަމަކީ ޖިނާޢީ ކުށެއްކަމަށް އޮއްވައި އެގޮތް ބަދަލުކޮށް އެއީ މަދަނީ ކަމަކަށް ހެދުމަށްފަހު ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް އަރައިގަތުމުން އެކަމަށް ޙައްޤު ބަސް ބުނުމަކީ ކުށަކަށް ހެދުމުން ކުރަން އުޅެނީ ކިހައިވަރެއްގެ ކޮންކަމެއްކަން އެނގިގެންދާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް ކަމަށެވެ. 

"ބަދަލު ގެނެސްގެން ނަމަވެސް މި ޤާނޫނު މިރޫޙުގަ ފާސްކޮށްފިނަމަ ވާނީ އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފަށް ފާސްކުރި އެއްޗަކަށް! އަމަލުކުރާކަށްވެސް އަދި ބަލައިގަންނާކަށްވެސް ނުޖެހޭނެ! ދެން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން އޮތީ މި ފަދަ ބިލަކަށް ވޯޓު ނުދެއްވުމަށް ވަރަށް ބޮޑަށް އެދޭވާހަކަ! އެއީ މެންބަރުން ކުރި ހުވާގަ އޮންނާނެ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތަން. މިފަދަ ބިލަކަށް ވޯޓު ދެއްވައިފިނަމަ ވޯޓު އެދެއްވެނީ އިސްލާމް ދީނަށް ޙުރުމަތްތެރިކަން ކަނޑުއްވާލައްވާފައި ނޫންތޯ؟ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން އިސްލާމް ދީނަށާއި ﷲ ތައާލާ އަށާއި ރަސޫލްﷺ އަށް ފުރައްސާރަކޮށް ދީނުގެ ޙުކުމްތަކަށް ގޮންޖަހާ މީހުން ޙިމާޔަތްކުރަން ވޯޓުދިނީމާ އެކަންވާނީ ކުރައްވައިގެން ތިއްބެވި ހުވައާއި ޚިލާފަށް ކުރެއްވޭ ކަމަކަށް! އެފަދަ ކަމެއް އެއްވެސް މެންބަރަކު ނުކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން! ނިކަން ވިދާޅުވެބައްލަވަ! މިކަން ވާނީ މިދެންނެވި ގޮތަށް ނޫންތޯ؟" ޤާސިމް އިބްރާޙީމް ވަނީ ސުވާލުއުފައްދަވައިފައެވެ. 

Mi islaahu Qaanoonah gennan Alhugadu dhekolhu mee Qaanoonah  gennan heyovaavaruge islaaheh noon . Mikan majilihun faaskuriya  nudhinumah elhen oiy hurihaabaareh qaanoonuge therein alhai dhehvun varah bodah edhi dhenmevin . Qasim

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު