އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓިއަނަމަން މައިދާންގެ ހަމަނުޖެހުމަށް ތިރީސް ދެއަހަރު

ޓިއަނަމަން މައިދާންގެ ހަމަނުޖެހުމަށް ތިރީސް ދެއަހަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

މި އަދަކީ ޗައިނާގައި ޑިމޮކްރެސީއަށް ގޮވާލައި ޓިއަނަމަން މައިދާނުގައި ޒުވާނުން މުޒާހަރާ ކުރިތާ 32 އަހަރު ފުރުނު ދުވަހެވެ. މި މުނާސަބާގެ އެންމެ ތާރީޚީ ފޮޓޯއަކީ މަތީގައި މިވާ ފޮޓޯއެވެ.

ޓެންކް މޭންގެ ނަމުން މަޝްހޫރުވެފައިވާ މި ފޮޓޯއަކީ ނޫސްވެރިކަމުގައި 20 ވަނަ ގަރުނުގައި ނަގާފައިވާ އެންމެ މޮޅު 100 ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއެވެ.

އެސޯސިއޭޓެޑް ޕްރެސްގެ ޖެފް ވޭލްޑެނަރ މި ފޮޓޯ ނަގާފައިވަނީ އޭނާ ހުރި ބެއިޖިންގ ހޮޓެލްގައި އޭނާގެ ކޮޓަރީގެ ކުޑަ ދޮރު މަތީ ކެމެރާ ބަހައްޓައިގެންނެވެ.  

ފޮޓޯގައި ފެންނަ ޓޭންކް މޭންގެ ނަމުން މަޝްހުރުވި މީހާއަކީ ކާކު ކަން އަދި ފަހުން އޭނާއަށް ވީގޮތެއް އެނގިފައެއް ނުވެއެވެ. ކޮމިއުނިސްޓް ޕާޓީގެ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި 19 އަހަރުގެ ސްޓޫޑެންޓް އެކްޓިވިސްޓް ހޯދިފައެއް ނުވެއެވެ.

ބައެއް މަޢްލޫމާތުތައް ބުނާ ގޮތުން އޭނާ ބާޒާރުކޮށްގެން ދަނިކޮށް ޓޭންކްތައް ޓިއަނަމަން މައިދާނަށް އަންނަތަން ފެނިގެން އޭނާ އެ ޓޭންކްތަކުގެ ކުރިމައްޗަށް ހުއްޓިގެން ހުރެ އޭގެ ދަތުރަށް ހުރަސް އެޅީއެވެ. އަދި ޓޭންކް މަޑުކޮށްގެން އޮތް އިރު އެންމެ ކުރީގައި އޮތް ޓޭންކްގެ މައްޗަށް އަރައި ސިފައިންނާ ދިމާއަށް އޭނާ ހަޅޭއް ލަވާފައި ވެއެވެ. ފަހުން އެއްވެ ތިބި މީހުންގެ ތެރެއަށް އޭނާ ވަދެގެން ދިއުމުން އޭނާ ހޯދިފައި ނުވަނީއެވެ.

ޓިއަނަމަން މައިދާންގައި ކިޔަވާ ކުދިން އެއްވެ މުޒާހަރާ ކުރަން ފެށީ ޖޫން 4 ގައެވެ. މި ފޮޓޯ ނަގާފައި ވަނީ ފަސް ވަނަ ދުވަހުއެވެ.

މި ދުވަހާ ދިމާކޮށް ހޮންގކޮންގ ގައި މިއަދު ބާއްވަން އުޅުނު މުޒާހަރާތަކަށް ޗައިނާއިން ވަނީ ހުރަސް އަޅާފައެވެ. އަދި ހޮންގކޮންގ ގެ ޓިއަނަމަން މިއުޒިއަމް ހުއްދަ ނެތި ހިންގުމުގެ ކުށުގައި ކޮންގ ކޮންގ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. މި މުނާސަބާ އާ ދިމާކޮށް ޓިއަނަމަން މިއުޒިއަމް ކައިރީގައި ސިފައިން ބައިތިއްބާފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު