އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަހުޖަނަކާ ކައިވެނިކުރުވާފަހުން ފަޤީރުވެއްޖެ ނަމަ ވަރިކުރުވާފަ ކައިވެނިކުރުވާނީ ހަމަ އެހެން މަހުޖަނަކާތަ؟: މުފްތީ މެންކް

މަހުޖަނަކާ ކައިވެނިކުރުވާފަހުން ފަޤީރުވެއްޖެ ނަމަ ވަރިކުރުވާފަ ކައިވެނިކުރުވާނީ ހަމަ އެހެން މަހުޖަނަކާތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު

މިހާރަކަށް އައިސް ގިނަ ޢާއިލާތަކުގައި އެމީހުންގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް އެދިގެން އައުމުން ފުރަތަމަ ވެސް ބަލަނީ ކައިވެންޏަށް އެދިގެން އައި މީހާގެ ކިބައިގައި ހުރި ތަނަވަސްކަމަށެވެ. ތަނަވަސްކަން ނެތް ނަމަ ކައިވެންޏަށް އިންކާރުކުރެއެވެ. 

ގިނަ ފަހަރަށް ތަނަވަސް ކަމަކީ މީހާ ސުވަރުގެއާއި ކައިރިކުރާ ވަސީލަތެއް ކަމަށް ހެދެނީ މަދު މީހަކަށް ކަމަށްވެފައި ގިނަ މީހުންނަށް ތަނަވަސްކަން ވެފައި އޮންނަނީ ސުވަރުގެއާއި ދުރުކުރާ ވަސީލަތަކަށް ކަމުގައިވާއިރުވެސް ތަނަވަސްކަމަށް މިހައި ބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެންހެއްޔެވެ؟ 

ކައިވެންޏަށް އެދުމުން އެދުނު ފިރިހެން މީހާގެ ތަނަވަސްކަމަކީ އެންމެ މުހިންމު ޝަރުޠުކަމަށް ބެލުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެއް ކަމަށް މިބުނަނީ އެއީ އެކަމުގެ ޙުކުމް ކަމަށްވާތީއެވެ. އެއީ ކުރުން ހުއްދަ ނޫން ކަމަކަށްވާތީއެވެ. ރަސޫލްﷺ ގެ ސުންނަތުން އެކަން ސާބިތުވާތީއެވެ. ބަލަން ޖެހޭނީ އެމީހާގެ ތަޤްވާވެރިކަމަށާއި އަޚްލާޤަށެވެ. ޙަދީޘްފުޅުގައި އޮތީ އެގޮތެވެ. 

ތިބާ ބޭނުންވަނީ މިދުނިޔޭގައި ތަނަވަސްކަމުގައި އުޅެފައި މަރުވުމުން ނަރަކައަށް ދާން ހެއްޔެވެ؟ ނޫނީ މިދުނިޔޭގައި އުޅެ ނިމިގެން ސުވަރުގެ ދާން ހެއްޔެވެ؟ ވީއިރު ތިބާގެ ދަރިފުޅު މުއްސަނދި މަހުޖަނަކާއި ނޫނީ ޙަވާލުނުކުރަން ނިންމަންވީ ކީއްވެގެން ހެއްޔެވެ؟ އެހެނެއް ނޫނެވެ. ކައިވެންޏަށް އެދިގެން އައި މީހާއަކީ ދިރިއުޅެން މަސައްކަތެއް ކުރާ މީހެއްތޯ ބެލުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް މަސައްކަތުން ލިބޭ އާމްދަނީގެ މިންވަރަށް ބެލުމެއް ނެތެވެ. އޮތީ ދެމަފިރިންނަށް ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރުމެވެ. 

ހެޔޮލަފާ ތަޤްވާވެރިއަކު ނަމަ ދިރިއުޅެން ކޮންމެވެސް މަސައްކަތެއް ކުރާނެއެވެ. ރިޒްޤް ހޯދަން މަސައްކަތް ކުރުމަކީ ﷲ ތައާލާގެ އަމުރުފުޅެކެވެ. އެ އަމުރުފުޅަށް ކިޔަމަންތެރިވާނެއެވެ. އެންމެ ޙަލާލުކަން ބޮޑު ރިޒުޤަކީ އެމީހާގެ ދެއަތުން ކުރާ މަސައްކަތުން ހޯދާ ރިޒުޤެވެ. 

ތަނަވަސްކަމަށް ބަލަން ނުޖެހޭނެ ދެވަނަ ސަބަބަކީ ތަނަވަސް ކަމަކީ ދާއިމީ ނިޢްމަތަކަށް ނުވާތީއެވެ. ކޮންމެ ވަގުތަކުވެސް ފަޤީރުވެދާނެއެވެ. މަހުޖަނަކަށް ހުއްޓައި ކައިވެނިކުރުވާފަހުން ވެއްޖެ ނަމަ ދެން އެވީ ދަރިފުޅު ވަރިކުރުވާފައި އެހެން މަހުޖަނަކު ހޯދަން ހެއްޔެވެ؟ ނުލިބިއްޖެނަމަ އެކަނި ބައިންސާނީ ހެއްޔެވެ؟ ކައިވެންޏަކީ އެއަށްވުރެ މާ މަތިވެރި ގުޅުމެކެވެ. 

މުއްސަނދިކަންމަތީގައި ކައިވެނިކުރާ ފަހުން ފަޤީރުވީ ކިތައް މީހުން ހެއްޔެވެ؟ ފަޤީރުންގެ ގޮތުގައި ކައިވެނިކުރާފަހުން މުއްސަނދިވެ މަހުޖަނުންނަށް، މިލިއަނަރުންނަށްވީ ކިތައް މީހުން ހެއްޔެވެ؟ ވީއިރު ކައިވެނީގެ ފުރަތަމަ ޝަރުތަކަށް މުއްސަނދިކަން ބެލޭނީ ކިހިނަކުން ހެއްޔެވެ؟ 

ބައެއް މީހުން އެމީހުންގެ ދަރިން މުއްސަނދިންނާއި ކައިވެނިކުރުވަން ބޭނުންވާ އެއް ސަބަބަކީ ކައިވެނީގެ ހަފްލާ ވީހައި ބޮޑުކުރުމެވެ. ރެކޯޑް އަދަދަެއްގެ މީހުންނަށް ދައުވަތުދޭން ބޭނުންވުމެވެ. އެވެނި މީހެއްގެ ދަރިފުޅުގެ ކައިވެނި ހަފްލާއަށް 20000 މީހުންނަށް ދައުވަތުދިނީތީ 30000 މީހުންނަށް ދައުވަތުދޭން ބޭނުންވުމެވެ! މީސްތަކުންނޭވެ! ކައިވެނި ބާއްޖަވެރިވަނީ ކައިވެނި ހަފްލާއަށް ދައުވަތުދެވޭ މީހުންގެ އަދަދަކުން ނޫނެވެ. ދެމަފިރިންގހެ ތަޤްވާވެރިކަމުންނެވެ! 

ބެލެނިވެރިންނޭވެ! ތިއަބައިމީހުންގެ ދަރިން އުފަލުގައި ދިރިއުޅޭނީ އަތުގައި މިލިއަނުން ފައިސާ ހުރެގެނެއް ނޫނެވެ. އަތުގައި ކިތަންމެ ގިނަ މިލިއަން ފައިސާ ހުރި ނަމަވެސް، ކިތަންމެ އަގު ބޮޑު ފޭރާމެއް ލައި ގައި ފުރެންދެން ރަން އަޅައި، އެލުވައިގެން އިންނަމަވެސް އެތެރެހަށިން ރޮއިރޮއި އިންނަން ޖެހިދާނެއެވެ. ހަމައެކަނި ބަނޑުފުރާނަ މުއްތިކޮށްލައިގެން އިންނަ ދަރިފުޅުން ހިތްހަމަޖެހި އުފަލުގައި ދިރިއުޅެފާނެއެވެ. ވީމާ ތަނަވަސް މިލިއަނަރުގެ ތަނަވަސްކަމުން ތިބާގެ ދަރިފުޅަށް ކުރީ ފައިދާއެއް ހެއްޔެވެ؟ 

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ތަޤްވާވެރިކަން ނެތް ނަމަ ތަނަވަސް މީހާގެ ކިބައިން ދަރިފުޅަށް ލިބޭނެ އެއްވެސް އުފަލެއް ނުއޮންނާނެއެވެ. އޭނާ އަބަދުވެސް އުޅޭނީ ފައިސާ ގިނަ ނުކުރެވިގެންނެވެ. އަނބި މީހާ، ތިބާގެ ދަރިފުޅަށް އިންނަން ޖެހޭނީ ގޭގައި އަބަދުވެސް އިންތިޒާރުގައެވެ. ވީމާ ދަރިންގެ ކައިވެންޏަށް އެދިގެން އައުމުން ފައިސާވެރިކަމަކީ ޝަރުޠެއް ކަމުގައި ނުހަދާށެވެ! ނަމަވެސް ތަޤްވާވެރިކަމަކީ ޝަރުޠަކަށް ހަދަން ޖެހޭނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
33%
ރަނގަޅު
11%
އޯކޭ
44%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް