އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބައަކު ކުކުޅު ގަންނަން ބޭނުންވެ ޑިމާންޑް ބޮޑުވުމުން އުފަންވެލި ޝޮޕްތަކުން ކުކުޅެއް އެންމެ އަށާވީސް ރުފިޔާއަށް ވިއްކަން ފަށައިފި-

ގިނަ ބައަކު ކުކުޅު ގަންނަން ބޭނުންވެ ޑިމާންޑް ބޮޑުވުމުން އުފަންވެލި ޝޮޕްތަކުން ކުކުޅެއް އެންމެ އަށާވީސް ރުފިޔާއަށް ވިއްކަން ފަށައިފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މަހުގެ އަގު އުފުލުމާއި ގުޅިގެން އެހީތެރިވުމުގެ ގޮތުން ހެޔޮ އަގުގައި އުފަންވެލި ޝޮޕްތަކުން ކުކުޅު ވިއްކަން ފެށުމުން ގަންނަން ބޭނުންވާ މީހުން ގިންވެ ޑިމާންޑް ބޮޑުވުމުން ކުކުޅެއް އެންމެ 28 ރުފިޔާއަށް ވިސްކަން ފަށައިފިއެވެ. 

"އަޅުގަނޑުމެން ފުރަތަމަ ވިއްކީ 1.3 ކީލޯގެ ކުކުޅެއް 30 ރުފިޔާއަށް! 2 ދުވަސްވެސް ނުވަނީސް ސްޓޮކް ހުސްވެއްޖެ. އަޅުގަނޑުމެން ވައުދުވީ ހުކުރު ދުވަހުގެ ނިޔަލަށް ސޭލް ކުރިއަށް ގެންދަން. އެހެންވެ މިހާރު ހަމަ އެރޭޓަށް ފައްތައި 1.2 ކިލޯގެ ކުކުޅެއް މިވިއްކަނީ އެންމެ 28 ރުފިޔާއަށް. މިސޭލް ކުރިއަށް މިގެންދަނީ ލިބޭނެ ފައިދާއަށް ބަލައިގެނެއް ނޫން! ކަސްޓަމަރުންނަށް ބޭނުން ބޮޑުވެފައިވާ މިފަދަ ވަގުތަކު ކަސްޓަމަރުންގެ ޖީބަށް ލުއިކޮށްދޭން!" ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަދިހާ ކޮމްޕެނީން ބުނެއެވެ. 

އުފަންވެލި ޝޮޕްތަކުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހެޔޮ އަގުގައި ކުކުޅު ވިއްކާނެއެވެ. އުފަންވެލި ޝޮޕްތަކުން ވަނީ ކަސްޓަމަރުންނަށް ބޮޑުތަނުން ލުއިކޮށްދިނުމުގެ ގޮތުން ކެރެޓް، ފިޔާ ފަދަ ތަކެތިވެސް ކިލޯއެއް އެންމެ 5 ރުފިޔާއަށް ވިއްކައިފައެވެ. އަދި މިހާރުވެސް ގެންދަނީ ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ އަދި އެހެންވެސް ކާބޯތަކެތި ވަރަށް ހެޔޮއަގުގައި ވިއްކަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު