އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާގެ ވާގިފުޅާއިއެކު މީހުންގެ އެސްފީނާއިންނާ އެސްފީނާގެ އުނދަގޫތައް ހިފައިގެން އަންނަ ޖިންނިތަކުގެ ކިބައިން ދަރިން ސަލާމަތްކުރެވޭނެ މަގު!

ﷲ ތަޢާލާގެ ވާގިފުޅާއިއެކު މީހުންގެ އެސްފީނާއިންނާ އެސްފީނާގެ އުނދަގޫތައް ހިފައިގެން އަންނަ ޖިންނިތަކުގެ ކިބައިން ދަރިން ސަލާމަތްކުރެވޭނެ މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ދަރިންނަށް އެސްފީނާ ޖެހިދާނެތީ ކަންބޮޑުވެއެވެ. އެސްފީނާ ޖެހިއްޖެ ނަމަ އަދި މާބޮޑަށް ކަންބޮޑުވެއެވެ. ނަމަވެސް ދަރިންނަށް އެސްފީނާ ޖެހިދާނެ ފަދަ ކަންކަން ކުރަން ޖެހިލުމެއް ނުވެއެވެ. އެފަދަ އަމަލުތައް ކުރުމާއިމެދު ދެކެވެނީ އެއީ މޮޅުކަމެއް ކަމަށެވެ. ވީމާ މިކަމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ހޭލުންތެރިވާންވެސް ޖެހިފައިވާ ކަމެކެވެ. 

އަހަރެމެން ކޮންމެ ދުވަހަކު އެތައް ފަހަރަކު ކިޔަވާ ފަލަޤް ސޫރަތުގެ 5 ވަނަ އާޔަތަށް ބަލާށެވެ! "އަދި ހަސަދަ ވެރިއަކު ހަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ." ހަސަދަވެރިންގެ ހަސަދަވެރިކަމުން ރައްކައުތެރިކަން ދެއްވެވުމަށް ﷲ ތައާލާގެ ޙަޟްރަތުން އެދެން ބަޔާން ކުރައްވަވާފައި މިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ހަމައެކަކުވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. އެކަމުން މީސްތަކުންނަށް ގެއްލުމެއް ނުވާނަމަ މިފަދައިން ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައެއް ނުވާނެއެވެ. 

ނަމަވެސް މިކަމަށް އަހަރެމެންގެ ތެރެއިން ފުންކޮށް ވިސްނަނީ ވަރަށް މަދު މީހެކެވެ. ދަރިންނަށް ކިތަންމެ ކުޑަ ކާމިޔާބީއެއް ލިބުނު ނަމަވެސް ސޯޝަލް މީޑިއާގައި ލިޔެގެންނާއި ވީޑިއޯ ކޮށްގެން މުޅި ދުނިޔެއަށް އެބަ އަންގަމުއެވެ. ގިނަ ބައަކަށް ދައުވަތުދީގެން ބޮޑެތި ޕާޓީތައް އެބަ ބާއްވަމުއެވެ. ޙަޤީޤަތުގައި މިހިރީ ވަރަށް ނުރައްކަތެރި ކަންކެމެވެ. މިފަދަ ކަންކަމުގެ ސަބަބުން ދަރިންގެ ކުރިއެރުން މުޅިންހެން ހުއްޓިގެން އެބަދެއެވެ. ދަރިންގެ ކުރިއެރުން "ގައުވެގެން" ދެއެވެ. 

މިހާރަކަށް އައިސް ބައެއް މީހުންނަކީ އެމީހުންގެ ލޮލަށް ނުފެންނަ ކަންކަން ޤަބޫލުކުރަން ބޭނުންވާ ބައެއް ނޫނެވެ. އެހެންކަމުން އެސްފީނާ އާއި ހަސަދަ އެމީހުން ޤަބޫލެއް ނުކުރެއެވެ. އެމީހުން ހީކުރަނީ އެއީ ދުނިޔޭގައިވާ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް އަހަރެމެން މުސްލިމުން އެކަން އެގޮތަށް ޤަބޫލުކޮށްގެން ނުވާނެއެވެ.

ހަސަދަވެރިކަން އުފެދެނީ ހަމައެކަނި ލޮލަށް ފެނުމަކުން ނޫނެވެ. ކަންފަތަށް އަޑު އިވުމުންވެސް ހަސަދަވެރިކަން އުފެދެއެވެ. ވީމާ ހަޔާތުގެ ކޮންމެ ކަމަކީ ހުރިހާ އެންމެންނަށް އަންގަންޖެހޭ ކަމެއް ނޫނެވެ. މީހެއްގެ ހަސަދަވެރިކަން އެނގުމުން ޖިންނިންނަށް، ޝައިޠާނުންނަށް އިތުރު ބާރެއް ލިބިގެންދެއެވެ. އެބާރުގެ ބޭނުން ހިފައި ކަންތައްތައް ގޯހުން ގޯހަށް ގެންދަން މަސައްކަތްކުރެއެވެ. 

ހަމައެއާއިއެކު ވިސްނާށެވެ! ތިބާއަށް ތަނަވަސްކަން ދެއްވަވާފައިވީނަމަވެސް އެކަން މީސްތަކުންނަށް ނުދައްކާށެވެ! މާނައަކީ މީސްތަކުންގެ ކުރިމައްޗަށް ނުކުންނައިރު ނުވަތަ ދަރިން ނެރޭއިރު އެހެން މީޙުން ހަސަދަވެރިވާފަދަ ގޮތްތަކަށް ނުނެރޭށެވެ! އެހެން މީހުން އަޅައިގަންނަ ފަދައިން ޒީނަތްތެރިކޮށްގެން ނެރެ މީސްތަކުންނަށް ނުދައްކާށެވެ! ގައިގައި އަގުބޮޑު ގަހަނާތައް އަޅުވައިގެން ނުނެރޭށެވެ! އެފަދަ ކަންކަމަށް ހަސަދަވެރިވާނެ ބައަކު އަބަދުވެސް ތިބޭނެތީއެވެ. 

ހަމައެއާއިއެކު ހަސަދަވެރިންގެ ކިބައިންނާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްކުރެއްވެވުން އެދި ކުރަން ޖެހޭ ދުޢާތައްކޮށް ޛިކުރުކޮށްގެން ނޫނީ ގެއިން ނުނެރޭށެވެ! ގެއަށް ވަންނަމުން ވެސް ދުޢާކޮށް ޛިކުރު ކުރާށެވެ! ޑޮކްޓަރުންނާއި ފަންޑިތަ ހަދާ މީހުންގެ ކިބައިން އެހީތެރިކަން ހޯދަން ނުޖެހި އުޅެވޭނީ އެއިރުންނެވެ! 

އެންމެ ކުޑަމިނުން ފަތިސް ނަމާދާއި މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި، އިޚްލާޞް، އަލްފަލަޤް، އައްނާސް ސޫރަތް 3 ފަހަރު މައިންބަފައިން ކިޔަވާށެވެ. އަދި ދަރިންލައްވައިވެސް ކިޔުއްވާށެވެ. ރޭގަނޑު ކުދިން ނިންދަވާއިރު ޢާޔަތުލްކުރުސި ކިޔުއްވުމަކީ ޒަމާނުންސުރެ ކުރަމުން އަންނަކަމެކެވެ. އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. 

މިކަންކަން ކުރަމުން ގެންދާނަމަ މީހުންގެ އެސްފީނާއިންނާއި އެސްފީނާގެ އުނދަގޫތައް ހިފައިގެން އަންނަ ޖިންނިތަކަށް ދަރިންނާއި ކައިރިވެސް ނުވެވޭނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
15%
ރަނގަޅު
21%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް