އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންގެ ހިތުގަ ﷲ އަށާ ރަސޫލާ ޞޢވ, އަށާ މުޅި އިސްލާމީ ސިޔަރަތަށް ލޯބި ޖައްސުވަން މަސައްކަތްކުރަން ޔަޤީން މަގު މިއޮތީ! އިން ޝާ ﷲ

ދަރިންގެ ހިތުގަ ﷲ އަށާ ރަސޫލާ ޞޢވ, އަށާ މުޅި އިސްލާމީ ސިޔަރަތަށް ލޯބި ޖައްސުވަން މަސައްކަތްކުރަން ޔަޤީން މަގު މިއޮތީ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

އަހަރެމެންގެ ތެރޭގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ނެތުން ނުވަތަ ކުޑަވުމުގެ މައްސަލައެވެ. މިމައްސަލަ ކުރިމަތިވަނީ ދަރިންގެ ހިތްތަކުގައި ﷲ ތަޢަލާ އަށާއި ރަސޫލް ﷺ އަށާއި ޞަހާބީންނާއި އަދި މުޅި އިސްލާމީ ސިޔަރަތަށް ލޯބިނެތުމެވެ. އެކަން އގޮތަށް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ދަރިންނަށް އެކަންކަން އޮޅުންފިލުވައިދޭން ޖެހޭ ޢުމުރުގައި އެކަންކަން ނުކުރެވި އޮތުމެވެ. 

ފުރަތަމަ ކަމަކީ ކުދިންގެ އުމުރާއި ގުޅޭ ގޮތުން އިސްލާމީ ވާހަކަތައް އެކުދިންނަށް ކިޔައިދިނުމެވެ.  ރަސޫލް (ﷺ)ގެ ސިޔަރަތާއި ޞަހާބީންގެ ވާހަކަތަކާއި އިސްލާމީ ސިޔަރަތުގެ ވާހަކަތައް ކުދިންނަށް ކިޔައިދޭށެވެ. ކިޔައިދި ނިމުމުން ކިޔައިދިން ވާހަކަ ކުދިންނަށް އެނގުނުތޯ ބަލަން ސުވާލުކުރަންވާނެއެވެ. 

ދެން ހަފްތާއެއް ނުވަތަ 2 ހަފްތާ ވަންދެން އެވާހަކަ ނުދައްކާށެވެ! އެއަށްފަހު މަންމަ ނުވަތަ ބައްޕަ ކުރީ ދުވަހަކު ކިޔައިދިން މިވެނި ވާހަކަ ހަނދާން އެބަހުރިތޯ ސުވާލުކުރާށެވެ! ފަހަރެއްގައި ހަނދާނުގައި ނުހުރެދާނެއެވެ. އަލުން ތާޒާކޮށްލާށެވެ! އަދި ދަރިފުޅު ލައްވައި ތިމާ އާއިވެސް ސުވާލުކުރުވާށެވެ! މިކަންކަން ކުރަންވާނީ ވަރަށް ލޯބިންނެވެ. ދަރިފުޅު ޝައުޤްވެރިވާނެ ގޮތަކަށެވެ. 

ދީނީ ދަރުސްތަކަށް ކުދިން ގެންދަންވާނެއެވެ. ދަރުސް ނިމިގެން އައިސް ދަރުސްގެ މުހިންމު ނުކުތާތަކުގެ ވާހަކަ ދައްކަންވާނެއެވެ. އެއަށްފަހު ކުރިން ބުނިފަދައިން ދުވަސްކޮޅެއް ކޮށްލާފައި ދަރުސްގެ ފިލާވަޅު ހަނދާންހުރިތޯ ބަލަން ކުދިންނާއި ސުވާލުކުރަންވާނެއެވެ. 

މިސާލަކަށް ރޯދައިގެ ވާހަކަތައް ކިޔައިދޭށެވެ! ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ހުންނަ ވާހަކަވެސް ބުނާށެވެ! އެދޮރުކޮޅުގެ ނަމަކީ ރައްޔާން ކަމުގައިވެސް ބުނާށެވެ! ރޯދައިގެ މަތިވެރިކަން ބޮޑުކަމުން ރޯދައަށް ސަވާބު ދެއްވަވާވަރު ފަތުގައިވެސް މަލާއިކަތުން ނުލިޔުއްވަވާނެ ކަމަށާއި ޤިޔާމަތް ދުވަހު އެ އަދަދު ކަނޑައަޅުއްވަވާނީ ﷲ ތައާލާ ކަމަށްވެސް ބުނާށެވެ! 

މިފަދަ މޭރުމުން ޅަފަތުގައި ވެސް ކިޔައިދީ ސިކުނޑީގައި ހަރުލެއްވުމުން އެކުދިން ބޮޑުވާނީ ރޯދަ ހިފަން އިންތިހާއަށް ޝައުޤުވެރިވާ ހާލުގައެވެ. ސީދާ ﷲ ތައާލާ ދެއްވަވާ ގިނަގުނަ ސަވާބު ލިބިގަތުމަށް ކުދިން ތިބޭނީ ޝައުޤްވެރިވެގެންނެވެ. 

ޔަޤީންކަމާއިއެކު ބުނަމެވެ. މިމޭރުމުން ދަރިންނަށް ދީނީ މައުލޫމާތުދީ، ހިތުގައި މައުލޫމާތު ހަރުލައްވަން މަސައްކަތްކުރާނަމަ ދަރިން މަގުއޮޅިގެނެއް ނުދާނެއެވެ. ގެއްލިގެން ދިއަ ނަމަވެސް ދާނީ ހަމަ ހާހަކުން ކުއްޖެކެވެ. 

ހިތާމައަކީ މައިންބަފައިންގެ ބިޒީކަމެވެ. ދަރިންނާއި އަލާލައި މިފަދަ ކަންކަން ކުރާނެ ވަގުތުކޮޅެއް ދެވޭ ކަމަށް ނުވާ ކަމެވެ. އަމިއްލައަށް މިފަދަ ކަންކަން އޮޅުންފިލުވައިދިނުމުގެ ޤާބިލުކަން ނެތް ބެލެނިވެރިން އެހެން މީހެއްގެ އެހީތެރިކަން ހޯދައިގެން ނަމަވެސް މިކަންކަން ކުރާށެވެ! ދަރިފުލަކީ މުޅިން ތަފާތު ދަރިއެއްގެ ފެނިގެންދާނެއެވެ! އިން ޝާ ﷲ! 

- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
25%
ރަނގަޅު
50%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް