އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދިހަމަކޮށްގެން ފަތިސްނަމާދަށް ނިކަން ހޭލަންފަށައިބަލާށެވެ! ތަޖުރިބާކުރި މީހުންގެ ކާމިޔާބީ ވަރަށް ބޮޑު! އިން ޝާ ﷲ

ނިދިހަމަކޮށްގެން ފަތިސްނަމާދަށް ނިކަން ހޭލަންފަށައިބަލާށެވެ! ތަޖުރިބާކުރި މީހުންގެ ކާމިޔާބީ ވަރަށް ބޮޑު! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ނިދި ހަމަކޮށްގެން ފަތިހު ހޭލާ ނަމަ އެމީހެއްގެ މޫނުމަތި ތާޒާވެއެވެ. ކަންނެތްވެ ވަރުބަލިވުން ކުޑަވެއެވެ. މުޅިދުވަހު މަސައްކަތް ކުރަން އިތުރު ޖޯޝް ލިބެއެވެ. މިއީވެސް ހަމަ ސައިންސް ވެރިން މިހާރު އެއްބަސްވާ ކަންކަމެވެ. އަވަހަށް ނިދައި ނިދި ހަމަކޮށްގެން ފަތިހާ ހޭލުމުގެ މުހިންމުކަމަކީ އިސްލާމް ދީނުގައި މީގެ 1450 ވަރަކަށް އަހަރުކުރިން ބަޔާންވެ އެނގެންހުރި ކަންކަމެވެ. މިކަންކަމަށް މިއަދުގެ ސައިންސްވެރިން ވެސް ދަނީ ވެސް އެއްބަސްވެ ތާއީދުކުރަމުންނެވެ.

ފަތިސް ވަގުތަކީ އެންމެ ބަރަކާތްތެރި ވަގުތު ކަމަށް ބުނުމުން ބައެއް މީހުންގެ ހިތުގައި އެކަމާއިމެދު ސުވާލު އުފެދިދާނެއެވެ. އެކަން އެނގެނީ ކިހިނަކުން ކަމާއިމެދު ސުވާލުވެސް ކޮށްފާނެއެވެ. އެފަދަ މީހުންނަށް ވަރަށް ފަސޭހައިން ޖަވާބުވެސް ލިބިދާނެއެވެ. 

ފަތިސް ވަގުތު ފިލާވަޅު ދަސްކުރަން ފަސޭހަވާ ކަމަށް ހުރިހާ ދަރިވަރުންވެސް ޤަބޫލުކުރެއެވެ. މިއީ އެއްވެސް މީހަކު ދެބަސްވާ ކަމެއް ނޫނެވެ. ހަމައެއާއިއެކު ފަތިހާ އެމީހެއްގެ މަސައްކަތް ފާށާ މީހެއްގެ މަސައްކަތް ކާމިޔާބުވާކަންވެސް ފާހަގަކުރެވޭނެއެވެ. މިފަދަ ކަންކަމަކީ އެކަމުގެ ދިރިހުރި ހެކިތަކެވެ. 

ހަމައެއާއިއެކު ވިސްނައިލާށެވެ! ފަތިސް ވަގުތުގެ ފައިދާ ކުރަނީ ރޭގަނޑުގެ ނިދި ފުރިހަމަކުރާ މީހުންނަށެވެ! ނިދި ފުރިހަމަ ނުވާނަމަ އެމީހެއްގެ ސިކުނޑިއަށް ކަންކަން ވެއްދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ނިދި ހަމަނުވާ ދަރިވަރަކު ފޮތް ހިފައިގެން އިން ނަމަވެސް ސިކުނޑި އޮންނާނީ ބަންދުވެފައެވެ. އެއަށް އެއްވެސް އެއްޗެއް ނުވެއްދޭނެއެވެ. އެގޮތް މެދުވެރިވުމަށް "ނިދިބަރުކައިފަ" ކަމަށްވެސް ކިޔައި އުޅެއެވެ. 

މިކަމުން އެނގެނީ ރޭގަނޑު، ޢިޝާ ނަމާދުކުރުމަށްފަހު ވީހައި އަވަހަކަށް ނިދުމަށް އަންގަވާފައިވާ އެންގެވުމުގެ މަތިވެރިކަމެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރަން މެނުވީ ޢިޝާ ނަމާދަށްފަހު ހޭލައިތިބެ ވަގުތު ބޭކާރުކުރުން އިސްލާމް ދީނުގައި ހުއްދަވެގެނެއް ނުވެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހާރުވެސް ބައެއް މީހުން ފަތިސް ނަމާދަށްފަހު އެމީހުންގެ ފިހާރަތައް ހުޅުވައެވެ. އަދި ކީރިތި ޤްރުއާން ކިޔެވުމުގައި ދެމިތިބެއެވެ. ޒަމާނަށް އައިސްފައިވާ ބަދަލާއިއެކު ވަރަށް މަދު މީހަކު ނޫނީ އެވަގުތު ވިޔަފާރިކުރަން ނުއަންނައިރުވެސް މެއެވެ. ކަސްޓަމަރަކު ނައި ނަމަވެސް އެމީހުން ފަތިހާއި ފިހާރަތައް ހުޅުވައިގެން އެތިބެނީ ﷲ ތައާލާގެ ހަޟްރަތުން ބަރަކާތަށް އެދިގެންނެވެ. މިބުނި ފަދައިން ފަތިހާ މަސައްކަތް ފަށާ މީހުން ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާކަން އެއީ ފެންނަން ހުރި ޙަޤީޤަތެކެވެ. 

ފަތިސް ނަމާދަށްފަހު ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ އިރުއަރަންދެން މިސްކިތުގައި މަޑުކޮށްލައި ޟުޙާ ނަމާދުކޮށްލައިގެން ފޭބުމެވެ. އެއިރުން ޙައްޖާއި އުމުރާއެއްގެ ސަވާބު ދެއްވަވާނެތެވެ. ވީމާ މިސްކިތުގައި މަޑުކުރާ މީހުން މިސްކިތުން ފޭބުމަށްފަހު އަވަހަށް މަސައްކަތަށް ފަށާށެވެ! މިސްކިތުގައި މަޑު ނުކުރާނަމަ ފަތިސް ނަމާދަށްފަހު އަވަހަށް މަސައްކަތަށް ފާށާށެވެ. އެއީ ދިރިއުޅެން ކުރާ މަސައްކަތް ނަމަވެސް ކިޔެވުމަށް ކުރާ މަސައްކަތް ނަމަވެސްމެއެވެ. 

ފަތިސް ނަމާދު ވަގުތު ނިދާފައި އޮތް މީހަކަށް އޭނާގެ ދުވަސް އެވަނީ ގެއްލިފައެވެ. ދިރިއުޅެން ކުރާ މަސައްކަތުގައި ނަމަވެސް އަދި ކިޔަވަން ކުރާ މަސައްކަތުގައި ނަމަވެސް މެއެވެ. 

ފަތިޙު ހޭލާ ބައެއް މީހުން ކިނބިހި އެޅޭތީ ކަންބޮޑުވެއެވެ. ނަމަވެސް އެއީ ރަޙްމަތެކެވެ. ކިނބިހިއެޅުމަކީ ހިތާއި ފުއްޕާމޭފަދަ ގުނަވަންތަކާއި ލޭ ހޮޅިތައް މަރާމާތުކޮށްދޭ ކަމެއްކަމަށް މިއަދުގެ ސައިންސްވެރިން އެއްބަސްވެއެވެ. ކިނބިހި އެޅުމުން އަހަރެމެން ﷲ ތައާލާއަށް ޝުކުރުވެރިވާ ސަބަބު ވެސް މިއޮތީ ފެންނާށެވެ! 

- ޝައިޚް ޢަބްދުލްވައްހާބް ސަލީމްގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


19%
ވ.ރަނގަޅު
11%
ރަނގަޅު
38%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް