އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގައި ވަގަށް ޔުރޭނިއަމް ގެންގުޅޭތީ ޕާކިސްތާނުން ތަހްގީގަށް ގޮވާލައިފި

އިންޑިއާގައި ވަގަށް ޔުރޭނިއަމް ގެންގުޅޭތީ ޕާކިސްތާނުން ތަހްގީގަށް ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އިންޑިއާގައި ވަގަށް ޔުރޭނިއަމް ވިއްކަކުމް ދިއަ މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކުރުމާއިގުޅިގެން މި މައްސަލަ ސީރިއަސް މައްސަލައެއްކަމުގައި ބަލައިގެން ބައިނަލްއަގްވާމީ ތަހުގީގަކަށް ޕާކިސްތާނުން ގޮވާލައިފިއެވެ. 

މިދިއަ މަހުގެ ފަސް ވަނަ ދުވަހު އިންޑިއާގެ ޖަރްކަންދް ސްޓޭޓްގައި މިމީހުން ހައްޔަރު ކުރިކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައި ވެއެވެ. މިމީހުން ގެންގުޅެނިކޮށް އަތުލައިގެންފައި ވަނީ ހަ ކިލޯގެ ޔުރޭނިއަމް އެވެ.

އެއިގެ ކުރީ މަހުވެސް އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގައި ޔުރޭނިއަމް ގެންގުޅެނިކޮށް އަތުލައިގެންފައި ވެއެވެ. އެއިރު އަތުލައި ގަތީ ހަތް ކިލޯގެ ޔުރޭނިއަމް އެވެ.

ޔުރޭނިއަމް އަކީ ނިއުކްލިއަރ ހަކަތަ އުދެއްދުމަށާއި ނިއުކްލިއަރ ގޮއްވާލުމަށް ބޭނުންކުރާ ރޯމެޓީރިއަލް އެވެ. މިއީ އަގު ބޮޑު ރޯމެޓީރިއަލް އެކެވެ. ސިއްޙަތަށް ގެއްލުން ހުރި، މި މާއްދާ އުނގަދޫ ގޮތަކަށް ފައްކާ ކޮށްގެން މިއިން ބޭނުން ކުރެއެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނެޖީ އެހެންޖީއާ ބެހޭ މުއާހަދާއާއި އދގެ ސަލާމަތީ މަޖިލީހުގެ 1540 ވަނަ ގަރަރު ބުނާ ގޮތުން ނުބައި ބައެއްގެ އަތަށް ނިއުކްލިއަރ މާއްދާތައް އެރިޔަ ނުދިނުމަށް ގައުމުތަކުން މަސައްކަތް ކުރަން ޖެހޭނެއެވެ.

ޕާކިސްތާނުން މިކަން ތަހުގީގު ކުރުމަށް ގޮވާލުމުން އިއްޔެ އިންޑިއާއިން ބުނަނީ މިއީ އިންޑިއާގެ އަގު ވައްޓާލުމަށް ޕާކިސްތާނުން ފަތުރާ ވާހަކައެއް ކަމަށެވެ.

2016 ވަނަ އަހަރުވެސް މަހަރާޝްޓްރާއިން ޔުރޭނިއަމް ގެންގުޅެނިކޮށް ހިފާފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު