އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރުވެސް މިސްކިތްތައް ބަންދުކޮށް މަސްތުވާތަކެތީގެ ހާލިތަކަކަށް! ޒިންމާ ނަގާނީ ކާކު؟

މިފަހަރުވެސް މިސްކިތްތައް ބަންދުކޮށް މަސްތުވާތަކެތީގެ ހާލިތަކަކަށް! ޒިންމާ ނަގާނީ ކާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިފަހަރުވެސް މިސްކިތްތައް ބަންދުކޮށް ބައެއް މިސްކިތްތަކުން ކަރަންޓް ކަނޑާލައި ފަޅުކޮށްލުމުން ރަނގަޅަށް ނުބެލެހެއްޓިނަމަ ކުރީފަހަރު ފަދައިން މަސްތުވާތަކެތި ބޭނުންކުރާ ހާލިތަކަކަށް ހަދައި މިސްކިތަށް ޤަޟާ ޙާޖަތްކޮށް ޙުރުމަތް ކަނޑާނެކަމުގެ ވާހަކައަކީ މިއަދުނޫހުގައި ފުރަތަމަ ދުވަހުވެސް ހާމަކުރި ވާހަކަތަކެވެ. 

އެއީ މިދިއަ އަހަރުވެސް އެކަންކަން ހިނގާފައިވާތީ އާއި ހިނގުމުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީއެވެ. 

ފުލުހުން މިއަދު އެހާމަކުރީ މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުން ގެންދާ ކަމުގެ ވާހަކައެވެ. މިސްކިތްތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށް އެއްޗެތި ދޮވެ މިސްކިތްތަކުގައި ނިދައި މިސްކިތުގައި ކުރުން އެކަށީގެން ނުވާ ކަންކަން ކުރަމުން ގެންދާކަމުގެ ވާހަކައެވެ. 

ފުލުހުން ބުނެފައިވަނީ އެފަދަ ކަންކަން އެނގުމުން ފިޔަވަޅު އަޅާ ކަމަށެވެ. ކަމާއިބެހޭ ފަރާތްތަކަށް އަނގާ ކަމަށެވެ. 

ސުވާލަކީ ސެކިޔުރިޓީ ގާޑުން ބައިތިއްބައިގެން ބަލަހައްޓާނެ ފައިސާ ޒަކާތު ފަންޑުގައި ނެތީތޯއެވެ؟ ނެތްނަމަ މިބިންމަތީގައި ހުރި އެންމެ މާތް، ﷲ ތަޢާލާގެ ގެކޮޅުތައް ބަލަހައްޓަން ރައްޔިތުންގެ އެހީތެރިކަމަށް ނުއެދުނީ ކީއްވެގެންތޯއެވެ؟ 

ކުރީއަހަރުގެ ތަޖުރިބާއަށް ބަލައި މިއަހަރު ފިޔަވަޅު ނުއެޅީ ހަމަ މިސްކިތްތައް ދެކެ ލޯބިވާވަރު ބޮޑުކަމުންތޯއެވެ؟ 

ފުލުހުންގެ ބަސް: 

Miskiy thakugai masthuvaa thakethi beynun kurumaai nidhai echchehi dhove, miskiythah beynun kurun ekasheyna noon ehenihen beynunthakugai miskiythah beynun kuraa kamuge shakuvaa fuluhunnah thakuraarukoh libemundhey. Egothun, fuluhun konme reakume miskiythah balai miskiy egothah beynun kuraa faraaiythah fonuvaalumuge ithurun fuluhunge belumuge dhashah genevey haalaiythakugai fuluhunge belumuge dhashah genes massala thahuqeeq kuramun gendhey.

 

Eyge ithurun, mi kankamuge mauloomaathu kamaa gulhunhuri ehenihen idhaaraathakaaves hissaakoggen halleh hoadhumah elhenhuri fiyavalhuthah mi gendhanee alhamun.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް