އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެއި މަހު އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު އިތުރުވެއްޖެ

މެއި މަހު އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

 

ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 105 އިންސައްތަ  އިތުރުވެއްޖެއެވެ.

މިކަމާގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާކަމަށެވެ.

މީގެއިތުރުން، ފާއިތުވި މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 104 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީ އެވެ.

އިންޑިއާ އިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާން އިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 377 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު