އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭވާއިން ހިތާމައާ ހިތްދަތިކަން ފިލުވައިދޭ ކަސްރަތެއް!

ނޭވާއިން ހިތާމައާ ހިތްދަތިކަން ފިލުވައިދޭ ކަސްރަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް ދިރިއުޅެންޖެހިފައިވަނީ ހިތާމަ އާއި ހިތްދަތި ކަމުގެ ތެރޭގައެވެ. އެކަމުން ސަލާމަތްވާން ގިނަ ކަންތައްތަކެއް ކުރަމުއެވެ. ބައެއް މީހުން ބޭސްފަރުވާކުރަން ބޮޑެތި ޚަރަދުތައްވެސް ކުރެއެވެ. 

މިބުނެދެނީ އެ ކަސްރަތެއް ކުރުމުން ހިތާމަ އާއި ހިތްދަތިކަން ފިލުވައިލަން އެހީތެރިވެދޭކަން ސައިންޓިފިކް ތަޙްލީލްތަކުން ސާބިތުވެފައިވާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަސްރަތެކެވެ. 

1- ކޮޅަށް ހުރެ އެއް އަތް މޭމަތީގައި އަޅާށެވެ. އަނެއް އަތް ބަނޑުގައި އަޅާށެވެ. 

2- 5 ސިކުންތު ވަންދެން ނޭވާ އެތެރެއަށް ދަމާށެވެ. 

3- 5 ސިކުންތުވަންދެން ނޭވާ ހިފަހައްޓާށެވެ.

4- 5 ސިކުންތު ވަންދެން މަޑުމަޑުން (ލަސްލަހުން) ނޭވާ ބޭރުކުރާށެވެ!

5- ދުވާލަކު މަދުވެގެން 5 ފަހަރު މިކސްރަތުކުރާށެވެ! 

މިއީ އެއްވެސް ޚަރަދެއް ކުރުމަކާއި ނުލައި ވަރަށް ފަސޭހައިން ކުރެވޭ ކަސްރަތަކަށްވުމުން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް މި ކަސްރަތު ކުރި ގިނަ ބައަކު ވަނީ މިކަމުން ފައިދާކުރިކަމަށް ބުނެފައެވެ. 

ކުރިން ބުނި ފަދައިން މި ކަސްރަތުކުރަން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވެއެވެ. ނިކަން ތަޖުރިބާކޮށްލަބަލާށެވެ. 

- ޑރ. ފަރުޒާނާ ޢަލީ ނަޖީބް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް