އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ދައްކާ ބިރަށް ޙިޖާބް ނެގުމުން ﷲ ތަޢާލާ ލައްވަވާ ކޯފާ މާވަރުގަދަވާނެ!: ޝައިޚް ޢަބްދުލްމަޖީދު

މީހުން ދައްކާ ބިރަށް ޙިޖާބް ނެގުމުން ﷲ ތަޢާލާ ލައްވަވާ ކޯފާ މާވަރުގަދަވާނެ!: ޝައިޚް ޢަބްދުލްމަޖީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ދާދިފަހުން ހިނގާފައިވާ ވަރަށް ހިތާމަވެރި ކަމެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. 

އޭނާއަކީ ޙިޖާބް އަޅައިގެން އުޅޭ އަންހެނެކެވެ. އޭނާގެ ކާރަށް ކެމިކަލެއް ޖަހައި ގެއްލުން ދިނުމުން އެކަމަށް ބިރަށް އަމާންދީ ޙިޖާބް ވަނީ ނަގައިފައެވެ. ސުބްހާނަﷲ!

ކާރު ދެއްވެވި ފަރާތަށް ޝުކުރުވެރިވުން ކޮބައިހެއްޔެވެ؟ ބިރުވެތިވުން ކޮބައިހެއްޔެވެ؟ އޭނާއަސް ދެއްވެވި ހުރިހާ ތަނަވަސްކަމެއް އަނބުރައި ގެންދެވުން ﷲ ތަޢާލާއަށް އެއްވެސް ކަމަކަށްވާނީ ހެއްޔެވެ؟ 

ލޮބުވެތިކަނބަލުންނޭވެ! އިސްލާމް ދީނަށް ޢަމަލުކުރަން މަސައްކަތްކުރާނަމަ ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ތަކްލީފްތައް އުފުލަންޖެހޭނެއެވެ. ގެއްލުންތައްވެސް ލިބޭނެއެވެ. އަމިއްލަ ޢާއިލާގެ ތެރެއިންވެސް އަދި ފިރިމީހާގެ ކިބައިންވެސް ބައެއް ފަހަރު މިފަދަ ކަންކަން ބައެއްފަހަރު ކުރިމަތިވެދާނެއެވެ. 

އެފަދަ ކަންކަން ކިތަންމެ ވަރަކަށް ކުރިމަތިވި ނަމަވެސް އަޅައިވެސްނުލާށެވެ! ޖެހިލުން ނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަން ކުރިމަތިއެވަނީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވުމުންނެވެ. ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައި އެކަންކަން ކުރިމަތިކުރައްވަވަނީއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑަށް ނިވާވާށެވެ! ކެތްތެރިކަމާއިއެކު ނަމާދުކުރުމުގައި ސާބިތުވާށެވެ! ނިކަމެތިކުރެވޭނެ މީހަކު ނުހުންނާނެއެވެ! 

- މައުލޫމާތު: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް