އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތިސްނަމާދަށް ގެއިން ނުކުތުމުން ޖުރުމަނާކޮށްފިނަމަ ފައިސާ ދައްކަން އެހީތެރިވެދޭން ސަލާން ޖަހައިދޭން ބައަކު ނުކުންނަނީ!

ފަތިސްނަމާދަށް ގެއިން ނުކުތުމުން ޖުރުމަނާކޮށްފިނަމަ ފައިސާ ދައްކަން އެހީތެރިވެދޭން ސަލާން ޖަހައިދޭން ބައަކު ނުކުންނަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

"ﷲ ތައާލާގެ ޙަމްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރާ ފަތިސް ނަމާދު. މީގެ އިތުރުން ފަތިސްނަމާދަކީ ޖަމާއަތުގައި ކުރަން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ނަމާދެއްވެސްމެ. އެހެން ނަމަވެސް މިހާލަތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ނެތުމުން އެވާހަކަ އިތުރަށް ދައްކާކަށް ނެތިން."

"މިއަދުނޫހުގަ އިއްޔެ ފާހަގަކޮށްފައި އެވަނީ ވަރަށް މުހިންމު ކަމެއް. ގޭގެ އެންމެން ނިދާފައި ތިބޭ ވަގުތު ސަޖިދަ ޖަހައިލާނެ ޖާގަ ވަރަށް މަދު ގެއެއްގަ ނޫނީ ނުލިބޭ. ސިޓިންގ ރޫމް ފުރެން ދެން މީހުން ނުބައިތިއްބާ ކުލި ނުދެއްކޭނެ މިހާރަކު!"

"ދެން އަޅުގަނޑުމެން މިދަންނަވަނީ މިހާރު އެއޮތީ ފަތިހު 4 ން 8 އަށް އިތުރު ހުއްދައަކާ ނުލާ ކަސްރަތުކުރަން ނުކުމެވޭނެ ގޮތް ހަމަޖައްސައިދީފައޭ، ވީމާ ނަމާދުކުރުމަކީ އެންމެ ފައިދާހުރި ކަސްރަތޭ، އަދި ކޮންމެ މުސްލިމަކުވެސް ދުވަސްފަށަން ކުރަންޖެހޭ ކަންތަކޭ. ލިބިފައިވާ ފުރުސަތުގެ ބޭނުން ހިއްޕަވައި މިސްކިތަށް ވަޑައިގަންނަވާށޭ! ފަތިސްނަމާދަށް ވަޑައިގަންނަވަނިކޮށް ޖުރުމަނާކޮށްފިނަމަ ސަލާންޖަހައިގެން ވެސް ފައިސާ ހަމަކޮށްދޭން މަސައްކަތްކުރާނަމޭ! އަޅުގަނޑުމެންނަކީ މުއްސަނދިންނެއް ނޫނޭ. އަތަކު ފައިސާއެއް ނެތޭ. އެކަމަކު އިރާދަކުރެވިއްޔާ މުޅި މާލެ ސިޓީ އާއި ޜާއްޖެ ތެރޭގައި ސަލާމްޖަހައިގެންވެސް ތިއަ ބޭފުޅުންގެ ޖުރިމަނާ ދައްކަން މަސައްކަތްކުރާނަމޭ. ދެއްކޭނެއޭ!"

"އަނެއްކާ މިދަންނަވާ ބަސް އޮޅުވައިނުލާތި. ކަސްރަތަށް ހިނގުން ހުއްދަ ގަޑީގައި ކުރަން ޖެހޭ ފަތިސްނަމާދުގެ ވާހަކަ މިދަންނަވަނީ. ބަނޑިލައްވަމުން މުޅިމާލޭގެ މަގުތަކުގަ ހިނގަން ހުއްދަ ދީފަ ގޭކައިރީ މިސްކިތަށް ދާން ހުއްދަ ނުދޭތީ މިހެން މިދަންނަވަނީ."

"އަދި މި ޖަމާއަތުގައ ތިބީ 29 މީހުން. އިރާދަކުރެއްވިއްޔާ މާދަމާ މެންދުރުވާއިރު އަދަދު ވަރަށް ގިނަވާނެ ކަމަށް މިބަލަނީ! ފަތިހު މިސްކިތަށް އަންނަން ގިނަބައަކު ޖެހިލުންވެފަ ތިބީ ޖުރުމަނާކޮށްފާނެތީ. އަޅުގަނޑުމެން މިދަންނަވަނީ މިސްކިތަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މިތިބީ ތިއަބޭފުޅޫންނާއިއެކުގައޭ."

 

--ފަތިސް ނަމާދަށް ދަނިކޮށް ޖުރުމަނާކޮށަފިނަމަ ފައިސާ ހޯދަން ސަލާން ޖަހައިދޭ ގްރޫޕް

މިއަދުނޫހުން ވާނީ ފަތިސް ނަމާދަށްދަނިކޮށް ޖުރުމަނާކޮށްފިނަމަ އެ ސްލިޕް މިއަދުނޫހާ ހިއްޞާކުރުމުން އެޖަމާއަތާއި ސްލިޕް ޙިއްޞާކޮށްދޭން އެއްބަސްވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް