އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާގެ ޙާލަތުގަ ބިލިއަނުން މީހުން މަރުނުވި ސަބަބު-

ކޮރޯނާގެ ޙާލަތުގަ ބިލިއަނުން މީހުން މަރުނުވި ސަބަބު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކިތަންމެ ވަރަކަށް ކުރިއަރައި ދެވިފައިވާ ކަމަށް ޤަބޫލުކުރެވުނު ނަމަވެސް ﷲ ތައާލާ އިންސާނުންނަށް ދެއްވަވާފައި މިވަނީ ޢިލްމުގެ ވަރަށް ކުޑަ މިންވަރެކެވެ. އެވަގުތަކަށް ކިރިޔާ ފުދޭ މިންވަރަކަށެވެ. 

މިސާލަކަށް ވީޑިއޯ ކޮންފަރެންސް ކޯލްތައް ނަގައި ބައްދަލުވުންތައް ބޭއްވެން ފެށުމުން މީސްތަކުންނަށް ވިސްނުނީ މިދެވުނީ މާމައްޗަށް އަރައިގެން ކަމަށެވެ. ވީޑިއޯ ކޯލްތައް ކުރެވި ޙާލުބަލަންޖެހޭ މީހުންގެ ޙާލުބަލައި އެކަކު އަނެކަކަށް ދެކިލެވޭ ގޮތްވުމުން ވީޑިއޯ ކޯލްކޮށްގެން ކުރަންފެށީ އެންމެ ބޮޑެތި ފާފަތަކެވެ. 

ކަމުގެ ޙަޤީޤަތަށް ނިކަން ވިސްނައިލަބަލާށެވެ! 

އަހަރެމެންނަށް ނުއެނގުނުކަމުގައިވީނަމަވެސް ދުނިޔެއަށް ކޮރޯނާ ވައިރަސް އަންނާނެކަމާއި މުޅި ދުނިޔެ ލޮކްޑައުންވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ދުނިޔޭގެ ހުރިހާ ކަމެއް ހުއްޓި މީސްތަކުން ފަނާވެ ދިއުމަށް ﷲ ތަޢާލާ އެދިވޮޑި ނުގަންނަވައެވެ. ވީމާ ﷲ ތަޢާލާ ދެއްވެވި ޓެކްނޮލޮޖީ ވެގެން މިދިއައީ ލޮކްޑައުން ޙާލަތުގައި މުޅި ދުނިޔެ ގުޅުވާލައިދިން އެއްޗަކަށެވެ. މީސްތަކުންނާއި އެމީހުންގެ ރިޒުޤާއި ގުޅުވައިދިން އެއްޗަކަށެވެ. 

އަދިވެސް ނިކަން ވިސްނައިލަބަލާށެވެ! ގޭގައި ތިއްބައި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތާއި ގޭގައި ތިބެގެން އެފައިސާ ޚަރަދުކޮށްގެން ތިމާ ބޭނުންވާ ކަންކަން ނުކުރެވުނުނަމަ ކޮރޯނާގެ ޙާލަތުގައި ބަނޑަށްޖެހި މަރުވެދާނީ ކިތައް މިލިއަން މީހުންހެއްޔެވެ؟ 

ވަރަށް ކުޑަކުޑަ މިސާލެއް ވެސް ކިޔައިދީފާނަމެވެ. ކޮވިޑުގެ ޙާލަތު ޖެހުމުން އިންޑިއާއިން ފުރަތަމަ ލޮކްޑައުންކުރީ ކުއްލިއަކަށެވެ. ގެއިން ބޭރަށް ނުނުކުމެވި އެތައް ދުވަހެއްވަންދެން ތިބެންޖެހުނުއިރު ފަޤީރުންގެ ގިނަބައަކަށް ފައިސާގެ މުޢާމަލާތު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިޙާލަތުގައި ބަނޑަށްޖެހި މަރުވި މީހުންގެ ޢަދަދު ހާމަކުރަންވެސް އެޤައުމު އެއޮތީ ލަދުންނެވެ. މި ނިކަމެތި ޙާލަތު އެތައް ޤަުމެއްގައި ކުރިމަތިވިއެވެ. ނަމަވެސް އެންމެ ގިނަ ބައަކު މިފަދަ ގޮތަކަށް މަރުވެދިއަކަމަށްވަނީ އިންޑިއާގައެވެ. 

މިފަދަ ކޮންމެ ނިޢްމަތަކީވެސް އެނިޢުމަތަކާއިމެދު ފުންކޮށް ވިސްނުމުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަންކަމެވެ. ﷲ ތައާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. މީސްތަކުންނަށް ރަޙުމްކުރައްވަވާ މިންވަރު ބޮޑުކަމެވެ. އަހަރެމެންނަށް އޮތީ ޝުކުރުވެރިވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް