އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުބާއީ ފުލުހުން އުދުހޭ ސައިކަލުގައި، ރާއްޖެއަށް ވެސް މީތި މުހިއްމު!

ދުބާއީ ފުލުހުން އުދުހޭ ސައިކަލުގައި، ރާއްޖެއަށް ވެސް މީތި މުހިއްމު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ދެކެމުންއައި ހުވަފެނެއް ހަޤީޤަތަކަށް ހަދައި ދުބާއީ ފުލުހުން އެމީހުންގެ ފުރަތަމަ އުދުހޭ ސައިކަލާއި އެކު ތަމްރީންތައް ފަށައިފިއެވެ.

ދުއްވާފައި ދާއިރު ފަސޭހައިން މައްޗަށް އަރައި، ލޭންޑް ކުރެވޭ ގޮތަށް އުފައްދާފައިވާ މި ސައިކަލަކީ ދުބާއީ ކުންފުންޏެއް ކަމަށްވާ ހޮވާސާފްގެ އުފެއްދުމަކެވެ. ކާމިޔާބު ކަމާއެކު އުފެއްދި ފުރަތަމަ އުދުހޭ ސައިކަލު ދުއްވާނެ ގޮތް މިހާރު ދުބާއީ ފުލުހުން ދަނީ ދަސްކުރަމުންނެވެ.

ދުބާއީ ފުލުހުންގެ އާޓިފިޝަލް އިންޓެލިޖިއެންސް ޑިޕާޓްމެންޓުގެ ޖެނެރަލް ޑައިރެކްޓަރު ބްރެގޭޑިއަރު ހާލިދް ނައްސާރ އަލްރަޒޫޤީ ވިދާޅުވި ގޮތުގައި ފުރަތަމަ ސައިކަލާއެކު ތަމްރީނުތައް ފަށާފައި ވާއިރު، 2020 ވަނަ އަހަރު އިތުރު އުދުހޭ ސައިކަލްތަކާއި އެކު، ސީދާ އެކްޝަންއަށް ނުކުންނަން އަމާޒު ހިފާފައި ވާކަމަށެވެ.

އުދުހޭ ސައިކަލަކީ 2017 ވަނަ އަހަރު ދުބާއި ފުލުހުންނާއި އެގައުމުގެ ކުންފުނި ހޮވާސާފްއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ދުބާއީ ފުލުހުން އެދުނު ގޮތަށް އުފައްދާފައިވާ ތަފާތު އުފެއްދުމެކެވެ.

އެނގިފައިވާ ގޮތުން، މިހާރު ދުބާއި ފުލުހުންގެ ދެ އޮފިޝަލަކު ދަނީ އުދުހޭ ސައިކަލު ދުއްވުމުގެ ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.

އަޅުގަނޑުގެ ނަޒަރުގައި  މިއީ މާލެ ސިޓީފަދަ ކާރޫބާރު ބޮޑު ތަންތަނުގައި ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ. ޓްރެފިކްގައި ނުޖެހި ދެވޭނެއެވެ. ވެހިކަލްތައް މަތިން އުދުހިފަ ދާންވީއެވެ. އެމާޖެންސީ ހާލަތްތަކުގައި މީގެ ފައިދާ ބޮޑެވެ. ސްޕީޑަށް ބަދަލު ނުގެނެސް، ހަލުވިކޮށް ހަމަ "ރާސްޓަސް" ލަފައި ދާ މަންޒިލަކަށް ދާންވީއެވެ. ނޫން ހެއްޔެވެ؟

ކޮންމެއަކަސް، އުދުހޭ ސައިކަލު ރާއްޖެއަށް ވެސް މުޙިއްމެވެ.

ލިޔުނީ: ޒިދާން މުޙައްމަދު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް