އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ހޯމް ފައިބަރ ބްރޯޑްބޭންޑް ޕްކޭޖްތަކުގެ އަގު ހެޔޮ ކޮށްފި

ދިރާގުން ހޯމް ފައިބަރ ބްރޯޑްބޭންޑް ޕްކޭޖްތަކުގެ އަގު ހެޔޮ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން އިސްނަންގަވާ އެކަން ތަންފީޒުކުރައްވާފައިވާތީ، މިކަމަށް އެއްބާރުލުންދީ، ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮ ކޮށްފިއެވެ.

މި ގެނައި ބަދަލާއެކު 27 މޭ 2021 ގައި ސަރުކާރުން އިޢުލާން ކުރެއްވި 3 ޕެކޭޖް ފައިބަރ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން، އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ ސްޕީޑް އަފްޓަރ އެލަވަންސް  300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި 2 އެމް. ބީ. ޕީ. އެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި 5 އެމް. ބީ. ޕީ. އެސް އަށް ވަނީ އިތުރު ކޮށްފައިއެވެ. މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ހެޔޮ ބަދަލު 1 ޖުލައި 2021 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. 

މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެއެވެ. އެގޮތުން، މިހާރު ކަސްޓަމަރުންނަށް 100% އާހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބިވަޑައިގަންނަވާނެއެވެ. އެހެން ކަމުން، ޑޭޓާގެ އަގުތައް މިހާރު ވަނީ %50 އާ ހަމައަށް ހެޔޮވެފައިއެވެ. މި ގެނެވޭ ބަދަލުތަކުގެ މަޢުލޫމާތުގެ ތަފުސީލުތައް ބައްލަވާލެއްވުމަށް https://www.youtube.com/watch?v=p3Yhi3hR0JA

ދިރާގުން ބުނެފައިވަނީ ހޯމް ފައިބަރ އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް 1 ޖުލައި 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވަން ފަށާނެ ކަމަށާއި އަދި 1 ޖުލައި 2021 ގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެއެވެ. އެހެންކަމުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާޕެކޭޖް ޗެކަރ އިން ބައްލަވާލެވޭނެއެވެ. https://bit.ly/3A9CHu4

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު