އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާރުން މިހާރަށް އަޕްގްރޭޑްކުރަންޖެހިފަ! ރާއްޖޭގެ ވެރިންނަށް އަމާޒުކޮށްގެން 3 ފަހަރުމަތިން 3 ހަމަލާ ދެވުނުއިރު އިންޓެލިޖެންސް ކޮބާ؟

މިހާރުން މިހާރަށް އަޕްގްރޭޑްކުރަންޖެހިފަ! ރާއްޖޭގެ ވެރިންނަށް އަމާޒުކޮށްގެން 3 ފަހަރުމަތިން 3 ހަމަލާ ދެވުނުއިރު އިންޓެލިޖެންސް ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ މި 3 ހާދިސާގެ ވާހަކަވެސް މިދަންނަވަނީ ލޯމައްޗަށް ފެނުނު ގޮތަށެވެ. ފަހަތުގައި ފޮރުވިފައިވާ ކަންކަން ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ވީމާ އެބައިތައް ދޫކޮށް ލޮލަށް ފެނުނުނު ކަންކަން ލޮލަށް ފެނުނު ގޮތަށެވެ!

1- ހޯރަފުށީގަ ރައީސް މައުމޫނުގެ ބަނޑުފުޅަށް ތިލަ ދިގު ވަޅިއެއް ހަރާލަން އުޅުނު ހާދިސާ

އެހަމަލާއިން ވެސް ރައީސް މައުމޫނަށް ސަލާމަތްވެވަޑައިގެންނެވުނީ ހަމައެމަނިކުފާނުގެ ހުޝިޔާރުކަމުންނެވެ. ވަގުތުން އެވަޅީގެ ތިލައި އެއްވެސް ބިރެއް ނެތި ހިއްޕެވިކަމުންނެވެ. އަތްޕުޅަށް ލިބިވަޑައިގެންނެވި އަނިޔާ އެހައި ކުޑަވީ އެފަދަ ޙާލަތުގައި ވަޅީގައި ހިއްޕަވަން ޖެހިވަޑައިގަންނަވާ މިންވަރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީކަމަށްވުން ގާތެވެ. 

2- ރައީސް ޔާމީން އަވަހާރަށްލަށް އެއްޗެއް ގޮއްވާލުން

އެހަމަލާއިންވެސް ރައީސް ޔާމީނަށް ސަލާމަތްކަން ލިބިވަޑައިގަތީ ޢާންމުކޮށް ލޯންޗްކޮޅުގައި އިންނަވާ ތަން ނޫން އެހެންތަނެއްގައި އިންނެވުނީތީއެވެ. ޢާންމުކޮށް އިންނަވާ ތަނުގައި ނުއިންނެވުމަށް ވިސްނުންފުޅު ލިބިވަޑައިގަތީ އެންމެ މަތިން ދެއްވެވުމުން ކަމަށްވެދާނެއެވެ. 

3- ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާ

މި 3 ހަމަލާއަށް ބެލިނަމަވެސް އެނގެނީ މިއިން އެއްވެސް ޙަމަލާއަކުން ޤަުމުގެ ވެރިން ސަލާމަތްކުރަން ރާއްޖޭގެ އިންޓެލިޖަންސަށް ކުރެވުނު ހަމައެއްވެސް ކަމެއް ނެތްކަމެވެ. އެހެންކަމުން މިޙާލަތުގައި އޮތީ އިންޓެލިޖެންސް ކުށްވެރިކުރުމެއް ނޫނެވެ. އިންޓެލިޖެންސް ކުރިއަރުވަން މަސައްކަތްކުރުމެވެ. ދުނިޔޭގެ ފެންވަރުގެ މީހުން އުފެއްދުމެވެ. 

12 ވަރަކަށް އަހަރުތެރޭގައި ޤައުމުގެ ތަފާތު 3 ވެރިންނަށް އަމާޒުކޮށް 3 ހަމަލާ ދެވުނުއިރު އެއިން އެއްވެސް ހަމަލާއެއް ހުއްޓުވަން އިންޓެލިޖެންސް އިން ކުރިހަމަ އެއްވެސް ކަމެއް ނުއެނގުނުކަން އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް