އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުއްނަބަވީގަ މަސްދުވަހު ކުރާ ރޭއަޅުކަމާ މަސް ދުވަހު ހިފާ ރޯދައަށްވުރެ ލޮބުވެތިކަން ބޮޑު ޢަމަލުކުރަން މާފަސޭހަ!

މަސްޖިދުއްނަބަވީގަ މަސްދުވަހު ކުރާ ރޭއަޅުކަމާ މަސް ދުވަހު ހިފާ ރޯދައަށްވުރެ ލޮބުވެތިކަން ބޮޑު ޢަމަލުކުރަން މާފަސޭހަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

މަސްޖިދުއްނަބަވީގައި މަސް ދުވަހު މަޑުކުރަން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. ބޮޑެތި ތަކްލީފްތައް އުފުލަންޖެހެއެވެ. އަދި އެއް މަސްދުވަހު ސުންނަތް ރޯދަ ހިފުމަކީވެސް ތަކްލީފް ބޮޑު ޢަމަލެކެވެ. ނަމަވެސް އެއަށްވުރެ މާފަސޭހައިން މަސްޖިދުއްނަބަވީގައި މަސް ދުވަހު މަޑުކޮށް ކުރާ ރޭއަޅުކަމަށްވުރެ، އަދި މަސްދުވަހު ސުންނަތް ރޯދަ ހިފުމަށްވުރެ ބޮޑަށް ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާނެ، އެކަލާނގެ ޙަޟްރަތުގަ ލޮބުވެތިކަން ބޮޑު ޢަމަލެއް ކުރެވެން އެބައޮތެވެ.

އަހަރެން ކިޔަވަން އުޅުނު ދުވަސްވަރަކީ ބޮސްނިއާގެ މުސްލިމުން އެންމެ ނިކަމެތި ހާލުގައި އުޅުނު ދުވަސްވަރެވެ. އެދުވަސްވަރު އަހަރެންގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް ކޮންމެ ދުވަހަކުވެސް އެންމެ މުސްލިމަކަށް ނަމަވެސް އެހީތެރިކަމެއް ފޯރުވައިދޭން މަސައްކަތްކުރީމެވެ. އަހަރެންނަށް ލިބުނު ހުރިހާ ކާމިޔާއެއްގެ ޙަޤީޤީ ސަބަބަކީ އެއީ ކަމަށް އަހަރެން ޤަބޫލުކުރަމެވެ. ވީމާ މިވާހަކަތައް މިދައްކަނީ އަމިއްލަ ތަޖުރިބާ އާއިއެކުގައެވެ.

ރަސޫލް (صلى الله عليه وسلم) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އެއް މަސް ދުވަހު ރޯދަ ހިފުމާއި އެއް މަސް ދުވަހު ތިމަންކަލޭގެފާނުގެ މިސްކިތްކޮޅު (މަސްޖިދުއްނަބަވީ) ގައި ރޭ އަޅުކަން ކުރުމަށްވުރެ ތިމަން ރަސޫލާ (صلى الله عليه وسلم) ގެ ކުރިފުޅުމަތީގައި ލޮބުވެތިކަން ބޮޑުވެގެންވަނީ" ޙާލުގައި ޖެހިފައިވާ، ކަމަކަށް ބޭނުންވެގެން ހުރި މުސްލިމެއްގެ މުހުތާދު ފުއްދައިދިނުން ކަމަށެވެ.

ރަސޫލް (صلى الله عليه وسلم) ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅުން އެނގެނީ ހާލުގައި ހުރި މުސްލިމަކަށް އެހީތެރިވެދީ އޭނާގެ ބޭނުންތައް ފުއްދައިދިނުމަކީ މަސްދުވަހު ކުރާ މިހުރިހާ ކަންކަމަށްވުރެ އިތުރު ރަސޫލާ (صلى الله عليه وسلم)ގެ ކުރިފުޅުމަތީގައި ލޮބުވެތިކަން ބޮޑު އަމަލެއް ކަމެވެ. ވީއިރު ޙާލުގައި ޖެހިފައި ހުރި މީހަކަށް އެހީތެރިވުމަކީ ކިހައި މަތިވެރިކަން ބޮޑު އަމަލެއްކަން އެނގިގެން އެބަދެއެވެ.

މިކަމުން އެނގެނީ ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. މީސްތަކުންނޭވެ! މީހަކު އެހީއެދިގެން އަންނަންދެން ނުވަތަ އަންނާނެ ކަމަށް މަޑުނުކުރާށެވެ! ހާލުގައި ޖެހިފައިވާ މީހަކު ހޯދަން ނުކުންނާށެވެ! ހޯދައިގެން އެހީތެރިވާށެވެ! ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމް އަޚުންނާއި އުޚުތުން ބައިވަރެވެ. އެއިން މީހަކަށް ނަމަވެސް އެހީތެރިވެދޭށެވެ! ފުދުންތެރިކަން ހުރިވަރަކުން އެހީތެރިވާ މީހުންގެ އަދަދު ގިނަކުރާށެވެ!

ރަސޫލް (صلى الله عليه وسلم) ގެ ކުރިފުޅުމަތީގައި ޢަމަލެއްގެ ލޮބުވެތިކަން ބޮޑުވެގެންދާނީ އެޢަމަލެއްގެ ލޮބުވެތިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުވުމުންނެވެ. އަދި ބޭނުމެއް ޖެހިގެން ހުރި މީހެއްގެ ބޭނުން ފުއްދައިދިނުމަކީ ހަމައެކަނި އެންމެ ބޮޑެތި ކަންކަން ކޮށްދިނުމެއް ނޫނެވެ. ކިތަންމެ ކުޑަކަމަކުން ނަމަވެސް އޭނާގެ ބޭނުން ފުއްދައިދީފިނަމަ އެވަނީ އެކަން ޙާޞިލުކުރެވިފައެވެ.

- ޝައިޚް ތައުފީޤް ޗައުދްރީގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް