އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ އިސްލާމް ދީން ޙިމާޔަތްކުރަން ޒުވާނުން ނުކުންނަން މަޖުބޫރުވެއްޖެ!

ރާއްޖޭގަ އިސްލާމް ދީން ޙިމާޔަތްކުރަން ޒުވާނުން ނުކުންނަން މަޖުބޫރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ރާއްޖޭގައި އިސްލާމް ދިން ޙިމާޔަތްކުރަން ނުކުންނަން މިއަދު ޒުވާނުންނަށް މިވަނީ ޖެހިފައެވެ. އެކަން މިހާރު މިވަނީ މަޖުބޫރުކަމަކަށްވެފައެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށާއި މިސްކިތްތަކުގެ ޙުރުމަތް ދިފާޢުކުރުމަކީ މިއަދު ތިބި ޒުވާނުންގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާވިޖެބެވެ. 

ފައުޅުގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުން، ﷲ ތަޢާލާ އަށާއި ރަސޫލާ ﷺ އަށް މަލާމާތާއި ފުރައްސާރަކުރުން މިދަނީ ގިނަވަމުންނެވެ. ދެވޭ އަދަބެއް އެޅޭ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. މައްސަލަ ހުށަހެޅިނަމަވެސް ބަލާނެ މުއައްސަސާއެއް ނެތެވެ. ބަލައި ފިޔަވަޅެއް ނާޅައެވެ. ރީތިބަހުން ކޮންމެވެސް ހާސަރުތަކެއް ޢާންމުކޮށްފައި ނިންމައިލާކަން ވެފައިވަނީ އެފަދަ ކަންކަން ތަކުރާރުކުރަން ލިބޭ ހިތްވަރަކަށެވެ. 

އެމްޑީއެން މަނާކުރިކަމަސް ބުނެ ރީތި ބަސްތަކެއް ޢާންމުކުރިއެވެ. އެމްޑީއެންގެ އިސް ަމންމަ ގެ ފަތުވާ މަޖިލީހަށް ހޯދައެވެ. އެކަން ލައިވްވެސް ކުރެއެވެ. ސަރުކާރުގެ އިސްމަޤާމުތަކުގައި އެމްޑީއެންގެ ބޮޑުން އެބަތިއްބެވެ. ފކުރުތަކުގައި މިންއަޅައި މައްސަލަ ބެލުމުގެ ބޮޑުންނަށްވެސްމެއެވެ. މިއީ މުސްލިމުންގެ މޫނުމަތީގައި ޖަހާ ތަފާއްޔަކަށް ނުވަނީ ހެއްޔެވެ؟

ޒުވާނުން ނުކުމެ އިޒްރޭލާ ދެކޮޅަށް އަޑު އުފުލައެވެ. މުޒާހަރާކުރެއެވެ. މިހާރު މިވަނީ ޗައިނާ އާއި ދެކޮޅަށްވެސް އަޑު އުފުލަން ފަށައިފައެވެ. މިއީ ހަމަ ކުރަން ރަނގަޅު ކަންކަމެވެ. ކަޝްމީރުގެ މައްސަލަ އާއި މަލިކުގެ މައްސަލައިގައިވެސް ނުކުންނަންވީއެވެ. 

އިސްލާމް ދީނާއި ދެކޮޅަށް ކަންކަން ކުރަމުން ގޮސް މިސްކިތްތަކުގެ ޙުރުމަތް ކެނޑުން މިވަނީ ޢާންމުކަމަކަށް ހަދައިފައެވެ. ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ޤަދަރުވެރި މިސްކިތް ކަމުގައި ބެލެވޭ މާލޭ ހުކުރު މިސްކިތް މިހާރު މިވަނީ ޔޯގާ ކުރާ ތަނަކަށް ހަދައިފައެވެ. އެމިސްކިތަކީ ހެރިޓޭޖް މިނިސްޓްރީން ބަލަހއްޓާ ތަނަކަށްވުމަކީ ޔުނެސްކޯގެ މެންބަރު ޤަުމުތަކުގައި އަޅުކަންކުރާ ހުރިހާ ދީންތަކަށް އެ މިސްކިތުގައި ކަންކަން ކުރަން ފުރުޞަތު ދޭންޖެހެންވީ ސަބަބެއްކަމަށް ޤަބޫލުކޮށް ދޫކޮށްލަން ހެޔޮ ނުވާނެއެވެ. 

ވީމާ ޒުވާނުން މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ދިވެހިންގެ ދީނީ އެއްބައިވަންތަކަމަށް ގޮންޖަހައި މުގުރާލަން މިހންގާ ޖަރީމާތަކާއި ދެކޮޅަށް މިއަދުގެ ޒުވާނުން ބަސްބުނަން އެބަޖެހެއެވެ. އަޑު އުފުލަން އެބަ ޖެހެއެވެ. ފުރަތަމަ ކަމަކަށް އިޞްލާޙްކުރަން މަސައްކަތްކުރަންވީ އަމިއްލަ ޤައުމުގެ ކަންކަމެވެ. މާތް ﷲ ގެ މަގުގައި ސާބިތުވުމަކީ އެއީއެވެ. 

- ކިޔުންތެރިން ފޮނުވާފައި ހުރި ކޮމެންޓްތައް އަސްލަކަށް ބަލައިގެން ލިޔެފައި

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް